ރާއްޖޭގެ ހަތަރު ވަނަ ސިޓީގެ ގޮތުގައި ހ.ދ.ކުޅުދުއްފުށި ކަނޑައަޅައި ސީޓީގެ ދަރަޖަ ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނިންމަވައިފިއެވެ.
ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާދަމާ ފެށޭ އާ އަހަރާ އެކު، ކުޅުދުއްފުށްޓަކީ ލާމަރުކަޒީ ޤާނޫނުގައި އޮންނަ އުސޫލުން ސިޓީއެއް ކަމުގައި ހަމަޖެއްސުމަށް ނިންމަވާފައިވާ ކަމަށެވެ.
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ކައުންސިލަކަށް ސިޓީއެއްގެ ދަރަޖަ ލިބިގެން ދަނީ އެ ކައުންސިލެއްގައި ހިމެނޭ ރަށެއް ނުވަތަ ރަށްތަކެއްގައި ދިރިއުޅޭ އާބާދީ 10،000 އަށް އެރުމުންނެވެ.
ކުޅުދުއްފުށީގެ އާބާދީ ވަނީ 10،000 އަށް އަރައިފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.
ކުޅުދުއްފުށި ސިޓީއެއް ކަމުގައި ހަމަޖެއްސުމަށް ނިންމުމާއި ގުޅިގެން ކުޅުދުއްފުށީގައި ސިޓީ ކައުންސިލެއް އިންތިހާބު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ބުނެފައެވެ.
1 ޖަނަވަރީ 2020 އިން ފެށިގެން ހދ. ކުޅުދުއްފުށްޓަކީ ލާމަރުކަޒީ ޤާނޫނުގައި އޮންނަ އުޞޫލުން ސިޓީއެއް ކަމުގައި ހަމަޖެއްސުމަށް މިއަދު އަޅުގަނޑު ނިންމައިފިން.
— Ibrahim Mohamed Solih (@ibusolih) December 31, 2019
HD.Kulhudhuhfuttaki city ehge gothugai Raeesul jumuhooriyya kanda elhuvvumaa gulhigen, qaanoonugaivaa gothuge mathin kulhudhuhfisheegai city council eh inthikhaabu kurumuge masahkaiy fashaifin.
— Elections Commission (@ElectionsMv) December 31, 2019