ކާނިވާ ސަރަަހައްދުގައި ބަސް ސްޓޮޕެއް ހަދަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 31ސ
ކާނިވާ ސަރަަހައްދުގައި ބަސް ސްޓޮޕެއް ހަދަނީ!

މާލެ ސިޓީ ކައުންސިލުން ކާނިވާ ސަރަަހައްދުގައި ބަސް ސްޓޮޕެއް ހަދަމުންދާކަމަށް ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލުގެ މެންބަރު އަހުމަދު ޝަމާއު ޝަރީފް ވިދާޅުވެފައިވަނީ ކާނިވާ ސަރަަހައްދުގައި ބަސް ސްޓޮޕެއް ގާއިމްކުރަމުންދާ ކަމަށާއި މިއީ އެ ހިސާބުގައި ހުންނަ އޮފީސްތަކުގައި އުޅޭ މީހުންނަށާއި އެ ހިސާބުގައި ދިރިއުޅޭ ފަރާތްތަކުން ހުޅުމާލެއިން މާލެއަށް ދަތުރުކޮށްލުމަށް ލިބިގެންދާނެ ލުއިފަސޭހަ އެއް ކަމަށެވެ.

ކުރިއަށް ހަފްތާއެއްހާ ދުވަސްތެރޭގައި ބަސް ސްޓޮޕްގެ މިމަސައްކަތް ނިންމައި މިރޫޓޫން ބަސް ދަތުރު ކުރާނެ ކަމަށް މައުލޫމާތުވަނީ ލިބިފައެވެ.

 

މިއަދު އޮންލައިން