މަޝްހޫރުވެފައިވާ 11 ޑޮލަރުގެ މައްސަލައަށް ރައީސް ޞާލިޙްގެ ސަމާލުކަން ވަރަށް މުހިންމު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
މަޝްހޫރުވެފައިވާ 11 ޑޮލަރުގެ މައްސަލައަށް ރައީސް ޞާލިޙްގެ ސަމާލުކަން ވަރަށް މުހިންމު!

ދިވެހި މުވައްޒިފުންނަކީ ވެސް ޙައްޤުތަކެއް ލިބިގެންވާ ބައެކެވެ. ސަރވިސްޗާޖަށް ލިބެނީ  11 ޑޮލަރު ކަމަށް ބުނުމުން ވަޒީފާއިން ވަކިކުރާނަމަ 11000 ޑޮލަރު ދީފައި އޮތްކަން ސާބިތުކޮށްދޭންވީ ނޫންހެއްޔެވެ؟ 

ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މިކަންކަން ވަރަށް ގާތުން ބައްލަވައިދެއްވުމަމީ ހުރިހާ ރިޒޯޓުތަކެއްގައި ތިބި މުވައްޒިފުންނާއި އަލަށް ފަތުރުވެރިކަމުގެ ސިނާޢަތާއި ގުޅެން ތައްޔާރުވަމުން އަންނަ ޒުވާނުންނަށްވެސް ވަރަށް މުހިންމު ކަމެކެވެ. 

ހުޅުވުމުގެ ކުރިން މުޅިރާއްޖޭގެ ސަމާލުކަން އެރިޒޯޓަކަށް ލިބިގެންދިއަ މަޝްހޫރު ހޮނޑާފުށި މިއަދު މަޝްހޫރިވެގެން މިދިއައީ އެ ރަށުގައި ހިންގާ ރިޒޯޓުގައި މުވައްޒިފުންނާއިމެދު ކަންކަން ކުރާ ގޮތް ހާމަކުރުމުންނެވެ. ކޮޅުމަޑުލު ގުރައިދޫ އަޙްމަދު ޝިމްހާޒް މަޤާމުން ވަކިކޮށް ރިޒޯޓުން ބޭރު ކުރެވުނުތަނެވެ. 

މަސައްކަތްކުރާނެ ދިވެހިން ނުލިބޭ ކަމަށް ބުނާ ގިނަ ރިޒޯޓުތަކަކީ ހަމަ ސަރވިސްޗާޖަށް 11 ޑޮލަރު ބަހާ ރިޒޯޓުތަކެވެ. ނުވަތަ އެވަރުވެސް ނުލިބޭ ރިޒޯޓުތަކެވެ. މުވައްޒިފުންނަށް އެތައް ބައިވަރު ދަތިތައް ހުރި ރިޒޯޓުތަކެވެ. 

ރިޒޯޓުގައި ދިވެހިން ގެންގުޅެން ޖެހޭނެ ކޯޓާ، ރިޒޯޓު ހިންގަން ހުއްދަ ދޭ އެއްބަސްވުމުގައި ލިޔުނު ނަމަވެސް އެކަން ވެފައި އޮންނަނީ ހަމައެކަނި ނަމެއްގައި ލިޔާ މާއްދާ އަކަށެވެ. އެ މާއްދާއަށް އަމަލުނުކޮށްގެން ޓޫރިޒަމް މިނިސްޓަރާއި އެންމެ ފަހުންވެސް ސުވާލުކުރުމުން ދެއްކެވީ މާތް ﷲ ރާއްޖޭގެ ރަށްތައް ލައްވަވާފައިވާ ސަރަހައްދުތަކުގެ ވާހަކައެވެ. މާލެ އާއި ކައިރީގައި ހުރިހާ ރަށެއް ނެތްވާހަކައެވެ. އެހެންކަމުން ދައުލަތުގެ ބަޖެޓުން ސަބްސިޑީ ދީގެން ރިޒޯޓުތައް ހިންގަން ޖެހިދާނެ ކަމާއިމެދުވެސް ޝައްކު އުފެދޭ ހިސާބަށްވެސް ވާހަކަތައް ދެކެވުނެވެ. 

މިކަމާގުޅިގެން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ވިދާޅުވަނީ "މިކަމަކީ ބަލައިގަނެވޭނެ ކަމެއްނޫން. މުވައްޒަފުންގެ ހައްގުތައް ރައްކާތެރި ކުރެވެންޖެހޭ.  ސަރވިސް ޗާޖަކީ މުވައްޒަފުންގެ ހައްގެއް. ހަމައަށް ސަރވިސް ޗާޖު ނުދޭނަމަ އެވާހަކަ ދައްކާނެ.  ގާނޫނުގައި ބަޔާން ކޮއްފައިވާގޮތަށް ސަރވިސް ޗާޖު ނުދޭ ފަރާތްތަކަށް ފިޔަވަޅު އަޅަންޖެހޭ." ކަމަށެވެ. 

ރިޔާސީ ރޭހުގައި ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަކީ އިދިކޮޅު ރަނިންގމޭޓް ނަމަވެސް މިބާވަތުގެ ޤައުމީ ކަންކަމުގައި ވިދާޅުވާ ޙައްޤުބަސްފުޅުތަކުގެ އަޑުއަހަން އެބަޖެހެއެވެ! 

މިއަދު އޮންލައިން