ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ!

ކިޔުމަށް ހޭދަވާނީ 54ސ
ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ!

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ފަސްޓްލޭޑީ މެޑަމް ފަޒްނާ އަހްމަދު، ނުރަސްމީ ދަތުރުފުޅެއްގައި މާދަމާ ޝްރީ ލަންކާއަށް ފުރާވަޑައިގަންނަވަން ނިންމަވައިފިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ރައީސްގެ ދެކަނބަލުން އަވަށްޓެރި ޝްރީ ލަންކާގައި ހަތަރު ދުވަސް ހޭދަ ކުރައްވާނެއެވެ.

އަމިއްލަފުޅު ދަތުރުފުޅެއްގައި މާދަމާގެ ވަގުތަކު ރައީސް ޞާލިޙާއި މެޑަމް ފަޒްނާ މަދާމާގެ ވަގުތަކު ފުރާވަޑައިގަންނަވާއިރު، އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިހަފްތާގެ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ.

މިއީ އާއަހަރާއި ދިމާކޮށް ރައީސްގެ ދެކަނބަލުން ކުރައްވާ ޗުއްޓޫ ދަތުރުފުޅެއް ކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތު ދެއްވާފައިވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ މަންމާފުޅާއި އާއިލާގެ އެހެން ބައެއް ބޭފުޅުން ދިރިއުޅުއްވަނީ ލަންކާގަ އެވެ. މި އަހަރުގެ ބޮޑު އީދު ބަންދުގެ ޗުއްޓީ ވެސް އެމަނިކުފާނު ހޭދަކުރެއްވީ މަންމާފުޅާއި އާއިލާގެ އެހެން ބައެއް ބޭފުޅުންނާ އެކު ޝްރީ ލަންކާގަ އެވެ.

މިއަދު އޮންލައިން