ޤައުމުގައި ހަމައަކަށް އެޅެންޖެހޭ މުހިންމު ބައެއް ކަންކަން އެބަހުރި ކަމަށް ޕީޖީ ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޙުސައިން ޝަމީމްގެ މި ޓްވީޓާއި ގުޅުއްވާފައިވަނީ "ކުރިމިނަލް ކޯޓުގައި އޮތް، މަސްތުވާތަކެތި އެތެރެ ކުރުމުގެ 2 މައްސަލައެއްގައި ހިމެނޭ ބަންގްލަދޭޝްގެ ދެމީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވަނިކޮށް، އެ ދެމީހުން ފުރުވާލި މައްސަލަ ތަޙްޤީޤު ކޮށްދެއްވުން އެދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހަޅައިފިން" ކަމަށް ޕީޖީ އޮފީހުން ބުނެފައިވާ ޚަބަރެކެވެ.
މިކަމާއި ގުޅިގިގެން އިމިގްރޭޝަނުގެ ބަހެއް އަދި ނުލިބެއެވެ.