ވިލާ ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
އެ ކޮލެޖުން ބުނީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ މުހިއްމު ތަފާތު ދާއިރާތަކުން ޖުމްލަ 97 ކޯހެއް ފަށާނެ ކަމަށެވެ. އަދި އެ ކޯސްތަކަށް އަންނަ ޖަނަވަރީ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ކުރިމަތިލެވޭނެ ކަމަށް ވެސް އެކޮލެޖުން ބުންޏެވެ.
ކުރިން ހަމަޖެހިފައިވާ ގޮތުގައި އެކޯސްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 26 ވީ ބުރާސްފަތި ދުވަހެވެ.
ވިލާގެ އަމިއްލަ ކޯސްތަކުގެ އިތުރުން އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑުގެ ޑިގްރީ އަދި މާސްޓާސްގެ ކޯސްތައް ވެސް ހިންގާނެ އެވެ.
އެކޮލެޖުގެ ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމަށް މަހުން މަހަށް ބަހާލައިގެން ފީ ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ.