މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ގެ އަށް ގެންދެވި ކަމަށް ބުނާ ކާޕެޓާ ގުޅޭގޮތުން ޓްވީޓް ނުކުރެއްވުނު ނަމައޭ ފަހުން ހިތަށް އެރި ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.
ފިޔާޒް މިހެން ވިދާޅުވީ، މިނިސްޓަރު ޝާހިދު މޮރޮކޯ އަށް ކުރެއްވި ރަސްމީ ދަތުރުގައި އެ ގައުމުން ހަދިޔާކުރި ކާޕެޓް ގެ އަށް ގެންދެވި ކަމަށް އަޑު ފެތުރިފައި ވަނިކޮށް، އެ ކާޕެޓް އެމިނިސްޓްރީގެ ގުދަނުގައި އެބައޮތް ކަމަށް ވިދާޅުވެ، ޝާހިދުގެ ދިފާއުގައި ފިޔާޒް ޓުވީޓު ކުރެއްވި މައްސަލައިގައި ފާޑުކިޔުންތަކެއް އަމާޒުވުމާއި ގުޅިގެންނެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޓުވީޓާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން ފިޔާޒް ވިދާޅުވީ، ފޮރިން މިނިސްޓްރީ އަށް ވަޑައިގަތީ ހިންގަން ނިންމާފައިވާ ޕްރޮގްރާމްތަކަށް ބޭރުގެ އެހީ ހޯދުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ކަމަށެވެ.
އެމަޝްވަރާތަކުގެ ތެރޭގައި ކާޕެޓާ ގުޅޭ ވާހަކަ ވެސް އައި ކަމަށާއި އޭނާގެ ގައިގައި އަދި ވެސް ހިނގަނީ ނޫސްވެރިކަމުގެ ލެއަށް ވުމުން، ކާޕެޓުގެ ވާހަކަ ރައްޔިތުންނަށް ސާފުުކޮށްދިނީ ކަމަށް ވިދާޅުވި އެވެ. އަދި އެއީ ވަކި މީހަކު ދިފާއު ކުރުމަށް ކުރެއްވި ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
Foreign Minister @abdulla_shahid geah gendhevi kamah thuhumathu kuri carpet @MoFAmv ga oiytho balaali iru, e ofeehuge gudhanugai eba oiy. pic.twitter.com/dCtaOve1g2
— Hussain Fiyaz Moosa (@hussainfiyaz) December 16, 2019