ސުނާމީގެ ހަނދާންތައް ރައީސް ޞާލިޙު އާކުރައްވާ "އެއްބައިވަންތަކަމުގެ ދުވަހުގެ" ހެޔޮއެދުންތައް ފޮނުއްވައިފި!

ކިޔުމަށް ހޭދަވާނީ 1މ 19ސ
ސުނާމީގެ ހަނދާންތައް ރައީސް ޞާލިޙު އާކުރައްވާ "އެއްބައިވަންތަކަމުގެ ދުވަހުގެ" ހެޔޮއެދުންތައް ފޮނުއްވައިފި!

ދެހާސް ހަތަރުވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާގެ ހަނދާންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު އާކުރައްވައިފި "އެއްބައިވަންތަކަމުގެ ދުވަހުގެ" ހެޔޮއެދުންތައް ފޮނުވައިފިއެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްބައިވަންތަ ކަމުގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސް ކުރަނީ 26 ޑިސެންބަރު 2004 ގެ ސުނާމީ ކާރިސާގައި ދުނިޔެ ދޫކޮށްދިޔަ ލޮބުވެތި ދިވެހި ރައްޔިތުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި މާތް الله ގެ ހަޟުރަތުގައި ދުއާ ދަންނަވަމުން ކަމަށެވެ.

2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26ވީ އާދީއްތަ ދުވަހު ހެނދުނު 9:23 ގައި ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއަކީ މިހާތަނަށް ދިވެހިރާއްޖެ ދުށް މިފަދަ އެންމެ ބިރުވެރި އަދި ހިތާމަވެރި ކާރިސާއެވެ. މިއަދު މި ކާރިސާއަށް މިވަނީ 15 އަހަރު ފުރިފައެވެ.

ސުނާމީގެ ކާރިސާގައި ދިވެހިންގެ 82 މީހަކު ވަނީ މަރުވެފަ އެެވެ. ވީނުވީ ގޮތެއް ނޭގި 26 މީހަކު ގެއްލުނެވެ.

ސުނާމީ އެރި ދުވަހުގެ ހަނދާނުގައި ރާއްޖޭގައި އެންމެ ފުރަތަމަ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކޮށްފައިވަނީ 2005 ޑިސެމްބަރު 26 ވަނަ ދުވަހު އެވެ.

 

މިއަދު އޮންލައިން