އިސްލާމިކް މިނިސްޓަރުގެ އިތުބާރު ނެތީ ދޮންބިލަތް ޙަލީމަށް- ސަރުކާރުގެ އިތުބާރު އެބައޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
އިސްލާމިކް މިނިސްޓަރުގެ އިތުބާރު ނެތީ ދޮންބިލަތް ޙަލީމަށް- ސަރުކާރުގެ އިތުބާރު އެބައޮތް!

މިސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ޢަލީގެ އިތުބާރު ނެތީ ބިލެތްދޫ ދާއިރާގެ މަޖިލިސް މެންބަރު ދޮންބިލަތް އަހްމަދު ޙަލީމަށް ކަމާއި ސަރުކާރުގެ ފުރިހަމަ އިތުބާރު އެބައޮތްކަން ހާމަވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ މިސަރުކާރުގެ ހުރިހާ ވަޒީރުންނަށް ވެސް ސަރުކާރުގެ ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށެވެ. އަދި ވަޒީރުންގެ މަސައްކަތްތައް ވަރަށް ފުރިހަމަ ކަމަށް ސަރުކާރުން ޤަބޫލުކުރާ ކަމަށެވެ.

ދޮންބިލެތް އަޙްމަދު ޙަލީމް ރޭ ބުނެފައިވަނީ އިސްލާމިކް މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިސް ހުޅުވުމުން ވައްދާނެ ކަމަށެވެ.

މަޖިލީހަށް ހުށަހަޅާ ކޮންމެ ކަމަކީ ފާސްވާނެ ކަމެއް ނޫންކަން ފާހަގަކުރައްވައި ހޫދު ވިދާޅުވީ މަޖިލީހަކީ ރަބްރު ސްޓޭމްޕް ޖަހަން ހުރި މުއައްސަސާއެއް ނޫން ކަމަށެވެ.

ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވަނީ ސައުދިޢަރަބިޔާގައިވެސް މިނިސްޓްރީއެއް ނުހުންނަ ކަމަސް ބުނެ ދޮގު ހެދުމުގެ އިތުރުން އިސްލާމިކް މިނިސްޓްރީ އުވާލަންވެސް ގޮވާލައިފައެވެ. މަޖިލީހަކީ ދޮގު ހެދުން ހުއްދަ ތަނެކެވެ.

މިއަދު އޮންލައިން