މިފެށޭ 2020 ނިމޭއިރު ސާފު ބޯފެނާއި ނަރުދަމާ ްާއިމުކުރުމުގެ މަސައްކަތް ނުފެށޭ އެއްވެސް ރަށެއް ރާއްޖޭގައި ނޯންނާނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާލުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހޫދު މިއަދު ވިދާޅުވީ އދގެ އެޖެންސީތަކުގެ ރިޕޯޓްތަކުންވެސް އެނގޭ ގޮތުގައި ފަޤީރުކަން އިތުރުވަމުންދާ އެންމެ ބޮޑު އެއް ސަބަބަކީ ސާފު ބޯފެން ނުލިބުމާއި ނަރުދަމާ ނިޒާމު ނެތުމާއި އަދި ޞިއްޙީ ފަރުވާ ވެސް ލިބެން ނެތުމެވެ. އެހެންކަމުން މިކަންކަން ފުރިހަމަކުރުމަށް ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދެއެވެ.
ހޫދު ވިދާޅުވީ މިސަރުކާރުން މިހައިތަނަށް 118 މަޝްރޫޢެއްގެ މަޝްރޫޢެއްގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށާއި އެއިގެ ތެރެއިން ގިނަ އަދަދެއްގެ މަޝްރޫޢުތަކަކީ މި ސަރުކާރުން ފަށައިގެން ކުރިއަށް ގެންދާ މަޝްރޫޢުތައް ކަމަށެވެ. އަދި އެންމެ ގިނަވާނީ ފެނާއި ނަރުދަމާ ފަދަ މަޝްރޫޢުތައް ކަމަށެވެ.