ހުރިހާ ކަމެއް (ލާ)މަރުކަޒީ ކުރަނީ މާލެއަށް! އެހެނަސް ކުށްވެރި މިވަނީ ރަށުގައި ޑޮކްޓަރަކު ހުންނަންވާނޭ ބުނާ ރައްޔިތުން!: ޢަލީ ޙުސައިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ހުރިހާ ކަމެއް (ލާ)މަރުކަޒީ ކުރަނީ މާލެއަށް! އެހެނަސް ކުށްވެރި މިވަނީ ރަށުގައި ޑޮކްޓަރަކު ހުންނަންވާނޭ ބުނާ ރައްޔިތުން!: ޢަލީ ޙުސައިން

މައްސަލަ އަކީ ހުރިހައި ކަމެއް މާލެއަށް (ލާ)މަރުކަޒީ ކުރުން ކަމަށާއި އެހެން ނަމަވެސް ކުށްވެރި މިވަނީ ރަށުގައި ޑޮކްޓަރަކު ހުންނަންވާނޭ ބުނާ ރައްޔިތުން ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

"މައްސަލަ އަކީ ހުރިހައި ކަމެއް މާލެއަށް (ލާ)މަރުކަޒީ ކުރުން. ބުރިޖުތަކާ ވިޔަފާރި ބަނދަރުތަކާ އަދި ޔޮޓް މެރީނާތައްވެސް އަނެއްކާވެސް މާލެއަށް. އަލަށްހަދާ ކެންސަރުގެ ހޮސްޕިޓުވެސް މާލެއަށް. އެހެނަސް ކުށްވެރި މިވަނީ ރަށުގައި ޑޮކްޓަރަކު ހުންނަންވާނޭ ބުނާ ރައްޔިތުން."

ކުރީ ސަރުކާރުތަކުގެ އެއްބަސްވުންތައް ބާޠިލުކުރުމުން ހުރިހާ ގެއްލުމެއްވެސް ލިބެނީ ޢާންމު ރައްޔިތުންނަށް ކަން ވެސް ޢަލީ ޙުސައިން ވަނީ ފާހަގަކުރައްވައިފައެވެ. "ދައުލަތުގެ ރަށްތަކާއި މުދަލާއި ކުންފުނިތައް ހިތުހުރި ގޮތަކަށް އަމިއްލަ ފަރާތް ތަކަށް ކުއްޔަށް ނުވަތަ ހިންގަން އެއް ސަރުކާރުން ދީފަ އަނެއް ސަރުކާރުން އައިސް ހުރިހާ އެއްބަސްވުން ބާތިލުކޮށްފަ އަނެއްކާ އެެހެންބަކަށް ދިނީމަ ހުރިހައި ގެއްލުމެއް އާންމު ރައްޔިތުންނަށް."

މިއަދު އޮންލައިން