ޖަލުގެ ޖާގަބޮޑުކުރުމަށްވުރެ އިސްކަންދޭންވީ ކުށްކުރުން ހުއްޓުވަން!: ކާނަލް ނާޒިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ޖަލުގެ ޖާގަބޮޑުކުރުމަށްވުރެ އިސްކަންދޭންވީ ކުށްކުރުން ހުއްޓުވަން!: ކާނަލް ނާޒިމް

ޖަލުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށްވުރެ، ރީހެބިލިޓޭޝަނަށް އިސްކަންދެއްވައި އަދި ކުށްތައް ކޮންޓްރޯލް ކުރުމުގެ ޕޮލިސީތަކަށް އިސްކަންދެއްވައި، އެ ޕޮލިސީތައް ތަންފީޒު ކުރެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހަށާއި ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ އަށް ކުރީގެ ޑިފެންސް މިނިސްޓަރު، ދަނގެތޔި ޑާއިރާގެ މެންބަރު ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް އިލްތިމާސް ކުރައްވައިފިއެވެ.  

މިފަދަ އިލްތިމާސެއް ކާނަލް ނާޒިމް ކުރައްވާފައި މިވަނީ ޖަލުތަކުގެ ޖާގަފުރުމާއި ގުޅިގެން އަންނަ އަހަރު ޖާގައިގެ މައްސަލަ ހައްލުކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވެފައިވަނިކޮށްކަން ފާހަގަކުރެވެއެވެ.  

ޤައިދީން ރިހިބިލިޓޭޓް ކުރުމުގެ ވާހަކަތައް ދެކެވެމުން އައި ނަމަވެސް އެކަމަށް އެކަށީގެންވާ މަސައްކަތްތަކެއް މިއަދާއި ހަމައަށްވެސް ކުރެވިފައި ނުވާކަން ގިނަ ބައަކު ފާހަގަކުރެއެވެ.

މިއަދު އޮންލައިން