ޤިޞާޞް ހިފާ!‍ - އިސްލާމް ދީނުގަ ޤަތުލުގެ ނިޔަތް ބަލާނީ ބޭނުންކުރި ހަތިޔާރަކުން!: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ޤިޞާޞް ހިފާ!‍ - އިސްލާމް ދީނުގަ ޤަތުލުގެ ނިޔަތް ބަލާނީ ބޭނުންކުރި ހަތިޔާރަކުން!: ޝައިޚް ޢަލީ ޒައިދު

"މަރްހޫމް ޤާސިމަށް ހެޔޮ ރަހްމަތް ލައްވަވާށި! އާމީން. ޤާޠިލު ކަލޭގެ މައްޗަށް ޤިޞާޞް ހިފުމަށް ސަރުކާރަށް ގޮވާލަމެވެ! އިސްލާމް ދީނުގައި ޤަތުލުގެ ނިޔަތް ބަލާނީ ބޭނުންކުރި ހަތިޔާރަކުންނެވެ. ވަޅި ކަރަށް ޖަހާފައި މެރުމުގެ ނިޔަތެއް ނެތްކަމަށް ބުނި ނަމަވެސް އެކަމެއް ޤަބޫލެއް ނުކުރެވޭނެއެވެ. ޙައްލަކީ ޤިޞާޞް ހިފުމެވެ." –ޝައިޚް ޢަލީ ޒައިދު 

ޝައިޚް ޢަލީ ޒައިދު މިފަދަ ބަސްފުޅެއް ބަޔާން ކުރައްވާފައި މިވަނީ ޑްރައިވަރު ޤާސިމްގެ ޤާތިލު އަދުހަމް، ޤާސިމަށް ވަޅިން ހަމަލާދިނީ މެރުމުގެ ޤަޞްދުގައި ނޫން ކަމަށް ބަޔާން ދިނުމާއި ގުޅިގެންނެވެ. 

ޝައިޚް ވިދާޅުވާ ފަދައިން މީހެއްގެ ގައަށް ބަޑިޖެހުމަށްފަހު އޭނާ މަރުވުމުން ތިމަންނާ ބަޑިޖެހީ މަރަން ނޫން ކަމަށް ބުނުމަކީ މީހަކު މެރިކަމުގެ ކުށުން ބަރީޢަވުމަށް ދެއްކޭގެ ޢުޛުރެއް ނޫނެވެ. އެކަން ދުނިޔޭގެ ކޯޓުތަކުންވެސް ބަލައެއް ނުގަނެއެވެ. 

އިސްލާމް ދީނުގައި ބަޔާންވެގެންވާ ޙައްދުތައް ޤާއިމުކޮށްގެން ނޫނީ އެއްވެސް ކުށެއް ކުރުން ނުހުއްޓުވޭކަން ދުނިޔެ ދަނީ ތަޖުރިބާކުރަމުންނެވެ.

މިއަދު އޮންލައިން