ހަރުކަށި ގޮތްތަކާއި ލާދީނީ ގޮތްތަކުން އިސްލާމް ދީން ބަރީޢަވެގެންވެއެވެ! –ޝައިޚް ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
ހަރުކަށި ގޮތްތަކާއި ލާދީނީ ގޮތްތަކުން އިސްލާމް ދީން ބަރީޢަވެގެންވެއެވެ! –ޝައިޚް ޢަލީ ޒާހިރު

"އިސްލާމް ދީނަކީ މެދުމިނުގެ ހަމަތަކާއި އުޞޫލުތަކުގެ މައްޗަށް ބިނާވެފައިވާ ފުރިހަމަ ދީނެކެވެ. ހަރުކަށި ގޮތްތަކާއި ލާދީނީ ގޮތްތަކުން އިސްލާމް ދީން ބަރީޢަވެގެންވެއެވެ." –ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް

ދީނީ ޢިލްމުވެރިން ބަޔާން ކުރައްވަވާ ގޮތުގައި އިސްލާމް ދީނަކީ މެދުމިނުގެ އުޞޫލުތަކުގެ ދީން ކަމަށް ބުނެވެނީ އިސްލާމް ދީނުގައި ހަރުކަށި، އަނިޔާވެރި އެއްވެސް އުޞޫލެއް ނެތްކަން ބަޔާން ކުރުމަށެވެ. ﷲ ތަޢާލާ ބާވައިލެއްވެވި ޙުކުމްފުޅުތަކަކީ އެންމެ ފުރިހަމަ ޙުކުމްފުޅުތަކެވެ. މީސްތަކުންނަށް އޮތީ އަމަލުކުރުމެވެ.

ވީމާ އެއީ އިސްލާމް ދީނުގެ ޙުކުމްތަކުގައި ދަރަޖަތަކެއް ނުވަތަ މިންތަކެއް ހުރުމެއް ނޫންކަން އެނގިގެންދެއެވެ. އިސްލާމް ދީނުގައި ބަޔާންވެގެންވާ އިންތަކާއި މިންތަކަކީ އެންމެ ފުރިހަމަ އިންތަކާއި މިންތަކެވެ.

މިއަދު އޮންލައިން