ރާއްޖޭގެ ދީނީ ޢިލްމުވެރިން މިނިވަންކަން ހޯއްދެވީ ވަރަށް ބޮޑެތި ޤުރްބާނީ ތަކެއްވެ އަމިއްލައަށް ކުރި މަސައްކަތުން: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ރާއްޖޭގެ ދީނީ ޢިލްމުވެރިން މިނިވަންކަން ހޯއްދެވީ ވަރަށް ބޮޑެތި ޤުރްބާނީ ތަކެއްވެ އަމިއްލައަށް ކުރި މަސައްކަތުން: ޝައިޚް ޢަލީ ޒައިދު

ރާއްޖޭގެ ދީނީ ޢިލްމުވެރިން މިނިވަންކަން ހޯއްދެވީ ވަރަށް ބޮޑެތި ޤުރްބާނީ ތަކެއްވެ އަމިއްލަފުޅަށް ކުރެއްވެވި ވަރަށް ބުރަ މަސައްކަތުން ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ. 

ޝައިޚް ޢަލީ ޒައިދު މިމޭރުމުން ވިދާޅުވެފައިވާއިރު ރާއްޖޭގައި ﷲ ތަޢާލާގެ ރިސާލަތު ފަތުރުއްވަވަން މަސައްކަތް ކުރެއްވުމުން އުސްތާޛް ބީއޭ ނަސީމް، ޝައިޚް މުޙައްމަދު އިބްރާހީމް (ބާބުލްއަވާލީ)، ޝައިޚް ޙުސައިން ޔޫސުފް ފަދަ ދީނީ ޢިލްމްވެރިން ބަންދުގައި ބެއިތިއްބި މުއްދަތު ކަރެކްޝަންސްއަށްވެސް އެނގޭނެ ކަމެއް ނުއެނގެއެވެ. ސަބަބަކީ އެއިރު ޝަރުޢީ ޙުކުމަކާއި ނުލައި ޑިފެންސް މިނިސްޓްރީން އަމިއްލައަށް ވެސް، އެ މިނިސްޓްރީއަށް ފެންނަ ބައަކު ޖަލުގައާއި ގޭގައި އެ މިނިސްޓްރީއަށް ފެންނަ މުއްދަތަކަށް ބަންދުކޮށް އަދި އަރުވާލުން ފަދަ އަދަބުތައްވެސް ދީ ތަންފީޒުކޮށްފައިވާތީއެވެ.   

ރައީސް ނަޝީދު އިނގިރޭސިވިލާތުގައި ހުންނެވުމަށްފަހު ރާއްޖެ ވަޑައިގެންނެވިއިރު ދީނީ ޢިލްމުވެރިން ވަނީ ވަރަށް ބޮޑުތަނުން ކުރި ހޯއްދަވައިފައެވެ. ދީނީ ޢިލްމުވެރިންނަށް އަނިޔާވެރިވި 30 އަހަރުގެ ވެރިކަން ބަދަލުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބައަކީ ދީނީ ޢިލްމުވެރިންނެވެ.  

"ޝައިޚުންގެ އަނގަ ބަންދުކޮށްފަ ވަނިކޮށް އަނގަ ހުޅުވައިދިނީ މިވެނި މީހަކު (ރައީސް ނަޝީދު) ކަމަށް ބުނާއިރު، އޭނާ އެއިރު ހުރީ އަމިއްލައަށް އަރުވާލެވިގެންނެވެ. ރާއްޖޭގެ ޝައިޚުން މިނިވަންކަން ހޯއްދެވީ އެބޭފުޅުން ކުރެއްވެވި ބުރަ މަސައްކަތްޕުޅުތަކުންނެވެ. ވީމާ ތާރީޚީ ޙަޤީޤަތްތައް އޮޅުވައިނުލުން އެދެމެވެ. ކަނުލޯތްބަކީ އިންސާފުން އެއްކިބާ ކުރުވާ ކަމެކެވެ." 

މިއަދު އޮންލައިން