ޚިޔާލު ތަފާތުވުން ހުއްޓުވުމަށް ޢިލްމުވެރިންނާއެކު އިސްލާމިކް މިނިސްޓްރީން މަޝްވަރާ ފަށައިފި!

ކިޔުމަށް ހޭދަވާނީ 1މ 15ސ
ޚިޔާލު ތަފާތުވުން ހުއްޓުވުމަށް ޢިލްމުވެރިންނާއެކު އިސްލާމިކް މިނިސްޓްރީން މަޝްވަރާ ފަށައިފި!

ހަރުކަށި ފިކުރާއި ގުޅޭގޮތުން ދީނީ ޢިލްމުވެރިންގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް ހައްލުކުރުމުގެ ގޮތުން ދީނީ ޢިލްމުވެރިންނާއި މަޝްވަރާކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަހްމަދު ޒާހިރު ޢަލީ ވިދާޅުވީ، ދީނީ ގިނަ ޢިލްމުވެރިންނަކީ ހަރުކަށި ވިސްނުންތަކާއި ދެކޮޅު ބައެއްކަމަށެވެ. ނަމަވެސް ބައެއް ދީނީ ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވުން އެފެދިފައިވަނީ ހަރުކަށި ފިކުރު ފަތުރަން މަސައްކަތްކުރާ މީހުންނާއި ދެކޮޅަށް ފިޔަވަޅު އަޅަންފެށުމުންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ސޯޝަލް މީޑިއާގައި ދީނީ ޢިލްމުވެރިން އެއްބަޔަކު އަނެއްބަޔަކަށް ރައްދުވާގޮތަށް ވާހަކަ ދެއްކުމަކީ މިކަންކަން އިތުރަށް ގޯސްވެގެންދާނެ ކަމެއްކަމަށާއި، އެހެންކަމުން އެފަދަ ވާހަކަތައް ނުދެއްކުމަށް އިލްތިމާސްކުރާ ކަމަށެވެ.

މީގެއިތުރުން އިސްލާމިކް މިނިސްޓަރ އަޙްމަދު ޒާހިރު ވިދާޅުވީ، ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމާއި ދެކޮޅަށް ހުރިހާ ޢިލްމުވެރިންވެސް މަސައްކަތްކުރަންޖެހޭކަމަށެވެ. އަދި ދީނީ ޢިލްމުވެރިންގެ މެދުގައި އުފެދިގެން އުޅޭ ޚިޔާލުތަފާތުވުންތައް ޙައްލުކުރުމަށް މަޝްވަރާކުރުމަށް ދީނީ ޢިލްމުވެރިންނާއެކު އެއްމޭޒެއްގެ ދަށަށް ގެނައުމުގެ މަސައްކަތް ފަށާފައިވާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. މާލަސްތަކެއް ނުވެ އެކަމަށް ޙާއްލެއް ގެނެވި ހުރިހާ ޢިލްމުވެރިންގެ މެދުގައި އެއްބަސްވުމަކަށް އާދެވިދާނެކަމަށް ޤަބޫލުރައްވާކަމަށް ވެސް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

މިއަދު އޮންލައިން