ބޭރު ޤައުމެއްގައި ހުންނަވާ ފުރަތަމަ ދިވެހި ކޮންސުލް ޖެނެރަލްގެ މަޤާމަށް އާމިނަތު އަބްދުﷲ ދީދީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ބޭރު ޤައުމެއްގައި ހުންނަވާ ފުރަތަމަ ދިވެހި ކޮންސުލް ޖެނެރަލްގެ މަޤާމަށް އާމިނަތު އަބްދުﷲ ދީދީ!

ތިރުވަނަންތަޕޫރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލްގެ، ކޮންސުލް ޖެނެރަލްގެ މަޤާމަށް އަލްފާޟިލާ އާމިނަތު އަބްދުﷲ ދީދީ ޢައްޔަން ކުރައްވައިފިއެވެ.

އާމިނަތު އަބްދުﷲ ދީދީ، ތިރުވަނަންތަޕޫރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސުލް ޖެނެރަލްއަކަށް ޢައްޔަންކުރެއްވުމާއި ގުޅިގެން އެކަމަނާއަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ވަނީ ލެޓަރ އޮފް އެޕޮއިންޓްމަންޓް ޙަވާލުކުރައްވާފައެވެ.

މިއީ ދިވެހިރާއްޖެއިން ބޭރު ޤައުމެއްގައި ޤާއިމްކުރި ފުރަތަމަ ކޮންސިއުލޭޓް ޖެނެރަލްއަށް އައްޔަންކުރެއްވި ފުރަތަމަ ކޮންސުލް ޖެނެރަލްއެވެ. މިމަޤާމަށް ޢައްޔަންކުރެއްވި އާމިނަތު އަބްދުﷲ ދީދީ މަޤާމާއި ޙަވާލުވެވަޑައިގަތުމާއި ހަމަޔަށް ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގް ޕާމަނަންޓް ސެކްރެޓަރީގެ މަޤާމުގައެވެ. އަދި އޭގެ އިތުރުން ފޮރިން މިނިސްޓްރީގެ ޑިރެކްޓަރކަމާއި އެހެން ބައެއް މަޤާމުތަކުގައި 17 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚާރިޖީ ދައިރާގައި ޚިދުމަތް ކުރައްވާފައިވެއެވެ.

ކޮންސުލް ޖެނެރަލް އާމިނަތު އަބްދުﷲ ދީދީ ވަނީ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން އިންޑިއާގެ ބެންގަލޯރ ޔުނިވަރސިޓީއިން ބެޗެލަރސް ޑިގްރީ ހާސިލްކުރައްވައި، އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން އޮސްޓްރޭލިއާގެ މޮނާޝް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ޙާސިލްކުރައްވާފައެވެ.

ދިވެހިރާއްޖެއިން ބޭރު ޤައުމެއްގައި ޤާއިމްކުރި ފުރަތަމަ ކޮންސިއުލޭޓް ޖެނެރަލްގެ ކޮންސުލް ޖެނެރަލްގެ މަޤާމަށް އަންހެން ބޭފުޅަކު ޢައްޔަންކުރައްވާފައިވާއިރު، ދިވެހިރާއްޖެއިން ބޭރުގައި ޤާއިމްކޮށްފައިވާ ދިވެހިރާއްޖޭގެ 17 ޑިޕްލޮމެޓިކް މިޝަންގެ ތެރެއިން 8 މިޝަންއެއް ހިންގަވަން ތިއްބެވީ އަންހެން ބޭފުޅުންނެވެ.

މިއަދު އޮންލައިން