"އެސްއެސް މީހުންނަކީ އަބަދުވެސް ދައްކާ ހުރިހާ ވާހަކައިގައި އެހެން ހުރިހާ ޝައިޚުން ބިދުޢަވެރި ކުރުވާ ބައެކެވެ. އެހެން މީހުންނަށްވުރެ އެމީހުންނަށް ޕާޓޭން ވެސް ރަނގަޅުވެއެވެ. އެމީހުން ހެޔޮ މަގަށް އެނބުރި ރުޖޫޢަވުމަށް ގޮވާލަމެވެ." – ޝައިޚް ޢަލީ ޒައިދު
ޝައިޚް ޢަލީ ޒައިދު މިމޭރުމުން ވިދާޅުވީ މިއަދު ޝައިޚް މުޙައްމަދު ޙަސަން އާއި އޭނާގެ ބައިވެރިން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ބައެއް ޝައިޚުންގެ ބައެއް ބަސްފުޅުތަކުން ތަންތަންކޮޅު ނަގައި އަދި އެމީހުން ބޭނުން ގޮތަށް މާނަކޮށްގެން މައުލޫމާތު ދިނުމާއި ގުޅިގެންނެވެ.
ބައެއް ޝައިޚުންގެ އައިޑީ ކަމަށް ހާމަކުރި ބައެއް އައިޑީ ތަކަކީ އެބޭފުޅުންގެ އައިޑީ ނޫންކަން މިއަދުނޫހަށް މިހާރު ވަނީ އެނގިފައެވެ. މި ބައްދަލުވުމުގައި ދިން މައުލޫމާތާއި ގުޅިގެން އެމްޑީއެން އާއި އެލެކްސް ފިކުރުގެ މީހުން ގެންދަނީ އެމީހުންނަށް މަރުޙަބާ ކިޔައި ތަޢްރީފްކުރަމުންނެވެ. މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ހަމަ އެ ފިކުރުތަކުގް މީހުން ވަނީ މަކްތަބާ ސަލަފިއްޔާ އިންތިހާއަށް ކުށްވެރިކޮށް ނިރުބަވެރިބައެއްގެ ގޮތުގައިވެސް ހާމަކޮށްފައެވެ.