ފައިސާއިން ހުރިހާ ހިތްހަމަޖެހުމެއް ލިބޭނަމަ ފައިސާވެރިޔާއަށް ބޭސް ގުޅައަކާ ނުލައި ނުނިދެނީ ކީއްވެ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ފައިސާއިން ހުރިހާ ހިތްހަމަޖެހުމެއް ލިބޭނަމަ ފައިސާވެރިޔާއަށް ބޭސް ގުޅައަކާ ނުލައި ނުނިދެނީ ކީއްވެ؟: މުފްތީ މެންކް

ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ ބޭނުންވަރަކަށް ޚަރަދުކުރާނެ ފައިސާ ލިބިފައިވާނަމަ އެއޮތީ ހުރިހާ އުފާވެރިކަމެއްވެސް ލިބިފައި ކަމަށެވެ. ނަމަވެސް އެކަން ވަނީ އެހެންނަކުން ނޫނެވެ. ނިކަން ރަނގަޅަށް ބަލައި ޗެކްކޮށްލަބަލާށެވެ! ބޭނުންހައި ޚަރަދެއް ކުރާނެ ފައިސާ ހުރި މީހުންނަށް ބޭސް ގުޅައެއް ނުކައި ނިދޭތޯއެވެ! 

ނަމަވެސް އަތުގައި އެންމެ ދިރުހަމެއް ނެތަ ނަމަވެސް ތަޤްވާވެރިޔާ ނިދަން އެންމެ ބޭސްގުޅައެއްވެސް ބޭނުމެއް ނުވާނެއެވެ. ނިދިން އޮށޯވެ ކުރަން ޖެހޭ ޛިކްރުތައް ކޮށް ނިމޭއިރު އޮންނާނީ ނިދިފައެވެ. ދިމާވާ ގޮތަކުން ނުނިދުނު ނަމަވެސް ބޭސްގުޅައެއް ހޯދާކަށް ނުއުޅޭނެއެވެ. ޛިކުރުކުރުމާއި ދަމު ނަމާދުކުރުމުން ހިތްހަމަޖެހުން ހޯދާނެއެވެ. އެކަންކަން ނިމޭއިރު އޮންނާނީ ނިދިފައެވެ. 

ބައެއް މީހުން އުފާވެރިކަން ހޯދުމުގެ ނަމުގައި ނުކުމެ ކަންކަން ކުރަނީ އެމީހުން އެދޭ ގޮތް އަތަށް ލައިގެންނެވެ. އެފަދަ މީހުން އުފާވެރިކަން ކަމުގައި ދެކެނީ އެމީހާ އެދޭ ގޮތަށް ކަންކަން ކުރުމެވެ. އެމީހާ ކުރަން ބޭނުން ކޮންމެ ކަމެއްވެސް ކުރެވުމެވެ. 

ނަމަވެސް އިސްލާމް ދީނުގައި މިކަން އޮތީ މިގޮތަކަށް ނޫނެވެ. އުފާވެރިކަން ހޯދަން ވެސް އޮތީ ހަމަ އިސްލާމް ދީނުގެ އިންތަކުގެ ތެރެއިންނެވެ. އިސްލާމް ދީނުގައި ހުއްދަކުރައްވަވާފައިވާ ކަންކަން ކޮށްގެންނެވެ. އިސްލާމް ދީނުގެ އިންތަކުން ބޭރުވެ ކުރާ ކަންކަމުން ލިބިގަނެވޭނެ އެއްވެސް ޙަޤީޤީ އުފާވެރިކަމެއް ނުއޮންނާނެއެވެ. އަދި ކީއްހެއްޔެވެ؟ އެއިރުން އެލިބިގަނެވެނީ އަނިޔާއެވެ. 

- މުފްތީ މެންކުގެ ދަރުސަކުން 

މިއަދު އޮންލައިން