ދަރިންގެ ބޯކޮށުމުގަ ސަމާލުކަން ދެއްވާ! ބޮލުގެ ބައެއް ބާލާފަ އަނެއްބައި ބެހެއްޓުން ދީނުގަ ހުއްދައެއް ނޫން!: ޝައިޚް ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ދަރިންގެ ބޯކޮށުމުގަ ސަމާލުކަން ދެއްވާ! ބޮލުގެ ބައެއް ބާލާފަ އަނެއްބައި ބެހެއްޓުން ދީނުގަ ހުއްދައެއް ނޫން!: ޝައިޚް ޢަލީ ޒާހިރު

"ޗުއްޓީ ދުވަސްވަރު ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ އިސްތަށި ގަނޑުގަ އެކި ކަހަލަ ކުލަ ޖައްސައި އެކި ކަހަލަ ފެޝަންތަކަށް އިސްތަށިގަނޑު ކޮށުވުމަކީ ރަނގަޅު ތަރުބިއްޔަތެއް ނޫނެވެ. ބޮލުގެ ބައެއް ބާލާފައި އަނެއްބައި ބެހެއްޓުން ދީނުގައި ހުއްދައެއް ނޫނެވެ!" –ޝައިޚް ޢަލީ ޒާހިރު ބިން ސައީދު ޤާސިމް 

ޝައިޚްގެ ބަސްފުޅުން އެނގިގެންދަނީ ޗުއްޓީ ދުވަސްވަރުގައި ނަމަވެސް އިސްލާމް ދީން ހުއްދަ ނުކުރާ ކަންކަން ކުރުމުން ދަރިންނަށް އޮޅުންތަކެއް އަރާނެ ކަމާއި އެއީ ދަރިންނަށް ދެވޭ ވަރަށް ނުރަނގަޅު ތަރުބިއްޔަތެއް ކަމެވެ. 

ވީމާ މިފަދަ ކަންކަމަކީ ހުރިހާ ބެލެނިވެރިންވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަންކަން ކަމުގައި ފާހަގަކުރެވެއެވެ.

 

މިއަދު އޮންލައިން