އެއިރުވެސް މިހާރުވެސް އޭނާ ވެސް ހަރުކަށި ފިކުރުގެ މީހުން ވެސް އެންމެ ރުޅިއަންނަނީ ޝައިޚުން ދެކެ!: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
އެއިރުވެސް މިހާރުވެސް އޭނާ ވެސް ހަރުކަށި ފިކުރުގެ މީހުން ވެސް އެންމެ ރުޅިއަންނަނީ ޝައިޚުން ދެކެ!: ޝައިޚް ޢަލީ ޒައިދު

"ކުރީގެ ވެރިއަކު ވަނީ ދީނުގެ ނަމުގައި އުޅޭ އަސްލު ހަރުކަށި ފިކުރުގެ މީހުންނަށް ޙިމާޔަތްދީ، އެމީހުންގެ ދިފާޢުގައި ތެދުވެފައެވެ. އެބޭފުޅާ މިއަދު އުޅުއްވަނީ އެކަން އޮޅުވާލައްވައި ހުރިހާ ޝައިޚުންގެ ބޮލުގައި ހަރުކަށި ޓެގް އަޅުވާށެވެ. އެއިރުވެސް މިހާރުވެސް ހަރުކަށި ފިކުރުގެ މީހުން އެންމެ ރުޅިއަންނަނީ ޝައިޚުން ދެކެ އެވެ. އަދި އޭނާވެސް މެއެވެ."

-- ޝައިޚް ޢަލީ ޒައިދު

ޝައިޚް ޢަލީ ޒައިދު ވަނީ 2 ސުވާލެއްވެސް ކުރައްވައިފައެވެ.  

1 ހިމަންދޫ މީހުން ޖަލަށް ލީމާ އެމީހުންގެ (ޑޮޓް) ފިކުރު ބަދަލު ނުކޮށް ޖަލުން ދޫކޮށްލީ ކާކު؟  

2 ވަކިން ޖަމާޢަތް ހަދައިގެން (އެންމެން ކާފިރުކޮށް ޚުޠުބާ ދެމުން ދިއައިރު) އެކަން ނުހުއްޓުވައި، އެމީހުންގެ މުދިމު ހައްޔަރުކުރުމުން (ޑޮޓް) މީހުންގެ ދިފާޢުގަ ނުކުތީ ކާކު؟  

މިއަދު އޮންލައިން