ބަލިވުމުންވެސް ޢާއިލާއިން ޙަވާލު ނުވި 60 އަހަރުގެ ޤައިދީއަކު މަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ބަލިވުމުންވެސް ޢާއިލާއިން ޙަވާލު ނުވި 60 އަހަރުގެ ޤައިދީއަކު މަރުވެއްޖެ

ބަލިވުމުންވެސް ޢާއިލާއިން ޙަވާލު ނުވިއުމުރުން 60 އަހަރުގެ ޤައިދީއަކު މަރުވެއްޖެއެވެ. އޭނާއަކީ ޅ.ނައިފަރަށް ނިޞްބަތްވާ މީހެކެވެ. ނިޔާވީ ރޭ ދަންވަރު އައިޖީއެމްއެޗްގައެވެ.

ކަރެކްޝަންސް އިން ބުނެފައިވަނީ އޭނާ ނިޔާވީ ގިނަ ދުވަސްތަކަކު ބަލިވެ އުޅުމަށްފަހުގައި ކަމަށެވެ. އަދި ޢާއިލާ އާއި ޙަވާލުކުރަން އުޅުމުން ޙަވާލުވެސް ނުވީކަމަށެވެ.

ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޒު ކުރަމުން ދިއަ މި މީހާ ދިއައީ ކިޑްނީގެ ބައްޔަކަށް ފަރުވާކޮށް ޑައިލިސިސް ހަދަމުންނެވެ. އޭނާ އަކީ ކުޑަކުއްޖަކާއި ބެހުމުގެ ކުށުގައި 20 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވާ މީހެކެވެ.

އޭނާގެ މައްޗަށް ކަށުނަމާދުކޮށްފައިވަނީ މިއަދުގެ ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.

މިއަދު އޮންލައިން