އަންނަ އަހަރުގެ މާޗު މަހުގެ އުމްރާ އާއި ރަމަޟާން މަހުގެ އުމްރާއަށްދާ އުމްރާވެރިންގެ ތެރެއިން އެއް ފަރާތަކަށް ހައްޖު ދަތުރެއް ދޭން ހައްޖު ކޯޕަރޭޝަނުން ނިންމައިފިއެވެ.
ހައްޖު ކޯޕަރޭޝަނުުން ބުނެފައިވަނީ 1441 ވަނަ އަހަރުގެ ޖައްޖު ދަތުރު ލިބޭނެފަރާތެއް ކަނޑައަޅާ އަޅާނީ މާޗު މަހުގެ އުމްރާ އާއި ރަމަޟާން މަހުގެ އުމްރާއަށް ދާ އުމްރާވެރިންގެ ތެރެއިން، އެ ކޯޕަރޭޝަނުން ކަނޑައަޅާ ޝަތުރު ތަކަކާ އެކުކަމަށެވެ.
ހައްޖު ކޯޕަރޭޝަނުުން ކަނޑައަޅާފައިވާ ޝަތުރުތަކަކީ އުމުރުން 55 އަހަރުން މަތީގެ މީހަކަށް ނުވުމާއި، 45 އަހަރުން ދަށް އަންހެން ބޭފުޅެއްނަމަ ހައްޖަށްދާ އަހަރު ހައްޖު ކޯޕަރޭޝަންގެ ފަރާތުން ޙައްޖަށް ދިޔުމަށް ފައިސާ ދައްކާ، ޖާގަ ކަށަވަރުކޮށްފައިވާ މަހުރަމެއް ހުރުމާއި، ރަނގަޅު ޞިއްޙަތެއްގައި ހުރި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ގިނަވަގުތު މަސައްކަތުގައި ބުރަކޮށް އުޅެވޭނެ މީހަކަށް ވުން ކަމުގައިވުމާއި އަދި މީހުންނާ ގުޅިގެން ދެވޭ އިރުޝާދުތަކާއި އެއްގޮތައް މަސައްކަތް ކުރެވޭ ބޭފުޅެއް ކަމުގައިވުމެވެ.
މި ހައްޖު ދަތުރު ލިބޭ ފަރާތަތަކަށް، އޭނާ އަށް ލިބޭ ހައްޖު ދަތުރު ޝަތުރު ތަކަކާ އެކު އެހެންމީހަކަށް ބަދަލުކުރެވޭއިރު ބަދަލުކުރެވޭ ފަރާތަކީ ވެސް އެ ކޯޕަރޭޝަނުން ކަނޑައަޅާފައިވާ ޝަރުތުތައް ހަމަވާ މީހަކަށް ވާންޖެހޭނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.