މުނާޒް ކުރެއްވި ޓްވީޓަކާއި ގުޅިގެން ކޯޓަށް ހާޒިރުކޮށްފި!

ކިޔުމަށް ހޭދަވާނީ 42ސ
މުނާޒް ކުރެއްވި ޓްވީޓަކާއި ގުޅިގެން ކޯޓަށް ހާޒިރުކޮށްފި!

ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ކުރެއްވި ޓްވީޓަކާއި ގުޅިގެން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރކޮށްފިއެވެ.

އެމަނިކުފާނު ކޯޓަށްހާޒިރު ކުރެއްވީ މިއަދު މެންދުރު 13:00 ގައެވެ.

އެނގިފައިވާ ގޮތުގައި މުނާޒް ކޯޓަށް ހާޒިރުކުރީ، އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ކޯޓާ ބެހޭ ގޮތުން ނުބައި ތަސައްވުރެއް ކުރެވިފައިވާތީ އެކަމުގެ ހަގީގަތް ބެލުމަށެވެ. ނަމަވެސް އެޓްވީޓާއި ގުޅޭ އިތުރު ތަފްސީލެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

މުނާޒް ވަނީ ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ. ޕްރިޒަންސް ކޮމިޝަނަރަކަށް ވެވަޑައިގަތީ ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު އެވެ.

މިއަދު އޮންލައިން