އެމްޑީއެން ރަސްމީކޮށް އުވާލައިފި!

ކިޔުމަށް ހޭދަވާނީ 1މ 6ސ
އެމްޑީއެން ރަސްމީކޮށް އުވާލައިފި!

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) މިއަދުން ފެށިގެން ރަސްމީކޮށް އުވާލައިފިއެވެ.

ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތް، ޔޫތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، އެމްޑީއެންއާ ގުޅޭ ހުރިހާ މައްސަލައެއް ނިންމުމަށް މިދިޔަ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ދިން ފުރުސަތު ހަމަވިއިރު އެއްވެސް އެއްޗެއް އެ ޖަމިއްޔާ އިން އަންގާފައި ނެތް ކަމަށާއި އެހެންކަމުން މިއަދުން ފެށިގެން އެމްޑީއެން ރަސްމީކޮށް އުވާލާފައިވާ ކަމަށެވެ.

އެމްޑީއެން އުވާލާފައި މިވަނީ، އިސްލާމްދީނަށާއި ރަސޫލާ (ޞޢޥ) އަށް ފުރައްސާރަކޮށް އެ ޖަމިއްޔާ އިން ނެރުނު ރިޕޯޓަކާ ގުޅިގެން މިދިޔަ އޮކްޓޫބަރު 10 ވަނަ ދުވަހުން ފެށިގެން ސަސްޕެންޑުކޮށްފައި އޮތުމަށް ފަހު އެވެ.

އެޖަމިއްޔާ އުވައިލަން ނިންމި ނަމަވެސް މިހާތަނަށް އެ ފިޔަވަޅު ނާޅައި އޮތީ ޖަމިއްޔާތަކުގެ ގާނޫނުގެ ދަށުން ފުރިހަމަ ކުރަންޖެހޭ ކަންކަން ނިންމުމަށެވެ. އެންމެ ފަހުން، އެމްޑީއެން އުވައިލީ ގާނޫނުގެ ދަށުން ކަންކަން ނިންމަން އެ ޖަމިއްޔާ އަށް ފުރުސަތު ދިނުމަށް ފަހު އެވެ.

 

މިއަދު އޮންލައިން