ދަރިވަރުންނަށް ލުޔެއް ދިނުމުގެ ގޮތުން އަންނަ އަހަރު ޤުރްއާންގެ އެއް އެސައިންމެންޓް ހަދަން ޖެހޭ ގޮތަށް ހަމަޖައްސައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 54ސ
ދަރިވަރުންނަށް ލުޔެއް ދިނުމުގެ ގޮތުން އަންނަ އަހަރު ޤުރްއާންގެ އެއް އެސައިންމެންޓް ހަދަން ޖެހޭ ގޮތަށް ހަމަޖައްސައިފި

އަންނަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ދަރިވަރުންނަށް ލުޔެއް ދިނުމުގެ ގޮތުން ޤުރްއާންގެ އެއް އެސައިންމެންޓް ހަދަން ޖެހޭ ގޮތަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ހަމަޖައްސައިފިއެވެ.

ޤުރްއާން ވަކި މާއްދާއެއްގެ ގޮތުގައި ހިމަނައި އެ އިމްތިހާނުގެ ތެރޭގައި އެ މާއްދާއަށް ދެ އެސައިމަންޓް ހިމަނަން މީގެކުރިން އެޑިއުކޭޝަން މިނިސްޓްރީން ފާސްކޮށް، ސްކޫލްތަކަށް ފޮނުވި އެވެ. 

ޑީޕީއީއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ބެލެވެރިންނާއި މުދައްރިސުންގެ ކަންބޮޑުވުންތަކެއް ހުރުމުން މި ފެށޭ އަހަރަކީ އިމްތިހާން ކުރެވޭ ފުރަތަމަ ކަމަށްވުމުން ދަރިވަރުންނަށް ލުޔެއް ދިނުމަށް ނިންމުން ބަދަލުކޮށް އަންނަ އަހަރު އެއް އެސައިންމަންޓް ހަދަން ޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.  

ދަރިވަރުންނަށް މިހާރު ހަވާލުކުރަން އަންގާފައިވާ އެސައިންމަންޓް ދަރިވަރުން ނިންމައި ހަވާލު ކުރާ ގޮތަށް ނިންމާފައި ވަނީ އަންނަ އޭޕްރީލް މަހު ހުށަހަޅަން ޖެހޭ ގޮތަށެވެ.

މިއަދު އޮންލައިން