އެމްއޭސީއެލްއަށް އިތުރު އެއްހާސް މުވައްޒިފުން ނަގަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 51ސ
އެމްއޭސީއެލްއަށް އިތުރު އެއްހާސް މުވައްޒިފުން ނަގަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރިއަށް އޮތްތަނުގައި 1000 އެއްހައި އާ މުވައްޒަފުން އެތަނަށް ބޭނުންވާނެ ކަމަށް އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވިދާޅުވެއްޖެއެވެ.

މޫސާ ސޯލިހު ވިދާޅުވީ އެއާޕޯޓުގެ އަޕްގްރޭޑިންގެ މަސައްކަތްތަކަށް ބަލާއިރު އަލަށް ބޭނުންވާ 1000 މުވައްޒަފުން ނަކީ އާ ޓާމިނަލް ހުޅުވުމާއެކު ބޭނުންވާނެ އަދަދު ނުހިމަނާ ބޭނުންވާ މުވައްޒަފުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ސީޒަނާ ދިމާކޮށް އެއާޕޯޓުގެ މުވައްޒަފުންގެ ގޮތުގައި 400 އެއްހައި މުވައްޒަފުން ނަގާފައިވާއިރު އަންނަ އަހަރުގެ ތެރޭ ގައި އިތުރު މުވައްޒަފުން ބޭނުންވާނެކަމަށް މޫސާ ސޯލިހު ވިދާޅުވިއެވެ.

އެޕޯޓުގެ އޮޕަރޭޝަންް ފުޅާވެގެންދާއިރު އެންމެ އިސްކަން ދޭންޖެހޭ ކަމަކީ ޓެކްނިކަލް މުވައްޒަފުން ތަމްރީނު ކުރުން ކަމަށާއި އޭވިއޭޝަން ދާއިރާއިން މީހުން ތަމްރީނު ކުރާނެ އިންސްްޓިޓިއުޓެއް ހިންގުމަށް މިހާރު ރެޖިސްޓްރީކޮށްފައިވާކަމަށް ވެސް މޫސާ ސޯލިހު ވިދާޅުވިއެވެ.

މިއަދު އޮންލައިން