ހުއްދަ ހިފެހެއްޓި 3 ޝައިޚުންނަކީ އަބްދުއްރަހީމް މުހައްމަދު، ޖައުފަރު ފާއިޒު، މުހައްމަދު ހަސަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ހުއްދަ ހިފެހެއްޓި 3 ޝައިޚުންނަކީ އަބްދުއްރަހީމް މުހައްމަދު، ޖައުފަރު ފާއިޒު، މުހައްމަދު ހަސަން!

ރާއްޖޭގައި ދީނީ ނަޞޭޙަތް ދިނުމާއި ވަޢުޡްބުނުގެ ވަގުތީ ގޮތުން ހިފެހެއްޓި 3 ޝައިޚުންގެ ނަން އިސްލާމިކް މިނިސްޓްރީން އިޢުލާނުކޮށްފިއެވެ.  

އެއީ ނ. ޅޮހި، މަނަދޫގޭ އަބްދުއްރަހީމް މުހައްމަދު، ސ. މީދޫ ދެކުނުގެ ޖައުފަރު ފާއިޒުގެ އިތުރުން ގދ. ތިނަދޫ ރެޑްސީ މުހައްމަދު ހަސަން އެވެ. 

މީގެތެރެއިން ނ. ޅޮހި، މަނަދޫގޭ އަބްދުއްރަހީމް މުހައްމަދު، ސ. މީދޫ ދެކުނުގެ ޖައުފަރު ފާއިޒު ސަސްޕެންޑްކޮށްފައިވަނީ ހަރުކަށި ފިކުރު ފެތުރުމާއި ހަނގުރާމައަށް މީހުން ފޮނުވުން ފަދަ މައްސަލަތަކުގައެވެ. 

ގދ. ތިނަދޫ ރެޑްސީ މުހައްމަދު ހަސަން ސަސްޕެންޑްކޮށްފައިވަނީ ދަންނަބޭކަލުންގެ މެދުގައި ޚިލާފް އުފެދިފައިވާ ކަންކަމުގައި މުޖުތމައު ބައިކޮށް ފިތުނަ އުފެދުންތައް ފަދަ ކަންކަން ކުރުމާއި އަމިއްލަ ރަޢްޔު ކުރިއަށް ނެރެ ފަތުވާ ދިނުން ފަދަ މައްސަލަތަކާއި ގުޅިގެންނެވެ. 

އިސްލާމިކް މިނިސްޓްރީގެ އިޢުލާން:

 

 

 

 

 

 

 

 

މިއަދު އޮންލައިން