ހެލްތް މިނިސްޓަރ އަމީން ފަލަސްޠީނުގެ ހެލްތް މިނިސްޓަރާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބޭއްވެވީ އެކުވެރި ޢަރަބި އިމާރާތް (ޔޫ.އޭ.އީ) ގެ ވެރިރަށް އަބޫދާބީގައި މިމަހުގެ 15 އިން 17 އަށް ކުރިއަށްދިއަ އޯ.އައި.ސީ.ގެ 7 ވަނަ ހެލްތް މިނިސްޓަރުންގެ ބައްދަލުވުމުގެ ހަވާސާގައެވެ.
އަމީން ވަނީ މުސްލިމުންގެ އާބާދީ އެންމެ ގިނަ އިންޑޮނޭސިއާގެ ހެލްތް މިނިސްޓަރާއިވެސް ބައްދަލު ކުރައްވައިފައެވެ.

ޞިއްޙީ ދާއިރާއިން 2 ޤައުމުގެ މެދުގައި ގިނަ ކަންތައްތަކެއް ނުކުރެވުނު ނަމަވެސް ދިވެހި ރައްޔިތުންގެ ހިތްތަކުގެ ވިންދު ވަނީ ފަލަސްޠީނުގެ ރައްޔިތުންނާއި ގުޅިފައެވެ. ފަލސްޠީނުގެ މައްސަލައަށް އަށް އަވަސް ހައްލެއް ލިބި ފަލަސްޠީނަށް މިނިވަންކަން ލިބުމަކީ ދިވެހި ރައްޔިތުންގެ ދުޢާއެވެ.