ކާނަލް ނާޒިމް މިނިވަންކުރަން މަސައްކަތްކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ކާނަލް ނާޒިމް މިނިވަންކުރަން މަސައްކަތްކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފި

ރާއްޖޭގެ ޑިފެންސް މިނިސްޓަރުކަމުގައި ހުންނަވަނިކޮށް ރައީސް ޔާމީނުގެ ސަރުކާރުން ފުލުހުން މެދުވެރިކޮށް ވަރަށް އަނިޔާވެރިގޮތަކަށް ފްރޭމްކޮށް 11 އަހަރުގެ ޖަލުޙުކުމް އިއްވި ކާނަލް ރިޓަޔަޑް މުޙައްމަދު ނާޒިމް، އެމަނިކުފާނު ބަންދުކުރުމުން މިނިވަންކުރަން މަސައްކަތްކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފިއެވެ.  

ނާޒިމް މިނިވަންވިތާ 1 އަހަރު ފުރުން ފާހަގަކުރައްވައި މިއަދު ކުރެއްވި ޓްވީޓުގައި ވަނީ އެމަނިކުފާނުގެ ޢާއިލާގެ އިތުރުން އެ ހިތްދަތި ވަގުތުގައި ހިތްވަރުދީ އެހީތެރިވެދިން ހުރިހާ ފަރާތްތަކުން ކޮށްދިން މަސައްކަތްތައް ފާހަގަކުރައްވައިފައެވެ.

ކާނަލް ނާޒިމް އަވަހާރަފުޅު ލައްޕަވަން އޮންނަވަނިކޮށް ފުލުހުންގެ ބައަކު ލައްވައި ކޮޓަރިކޮޅަށް ފިސްތޯލައެއް ވެއްދުވިކަމުގެ ހެކި މިހާރު ވަނީ ލިބިފައެވެ. އަދި އެކަން ކުރުވި ބައެއް މީހުންގެ މައުލޫމާތު ފުލުހުން ވަނީ ހާމަކޮށްފައެވެ. ފިސްތޯލައިން ފެނުނު ޑީއެންއޭގެ ތެރެއިން 2 ޑީއެންއޭ އެއީ ކޮންބައެއްގެކަން އަދި ވެސް ފުލުހުން ހާމައެއް ނުކުރެއެވެ. އެހެންކަމުން އަދިވެސް މައްސަލައިގެ ތަޙްޤީޤް ފުރިހަމަނުކުރެވޭކަން ފާހަގަކުރެވެއެވެ. 

މިއަދު އޮންލައިން