މާލޭގެ މަގުތަކުން ނަޖިސް އެރުމުގެ މައްސަލަ ހައްލުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
މާލޭގެ މަގުތަކުން ނަޖިސް އެރުމުގެ މައްސަލަ ހައްލުކޮށްފި

މާލޭގެ މަގުތަކުން ނަޖިސް އެރުމުގެ މައްސަލަ ހައްލުކުރެވިއްޖެކަމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެންވިދާޅުވީ އެމްޑަބްލިއުއެސްސީ ގެ ކަސްޓަމާ ސާވިސް ބިލްޑިންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އާޒިމް ވިދާޅުވީ މާލޭގެ މަގުތަކުން ނަޖިސް އެރުމުގެ މައްސަލަ ކުރު ރާސްތާ ޕްލޭނަކާއެކު ޖުމްލަ ގޮތެއްގައި މިހާރު ހައްލު ކުރެވިފައިވާ ކަމަށާއި އެހެންނަމަވެސް މާލޭގެ އާބާދީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާނަމަ ނަރުދަމާގެ މައްސަލައަށް ދިގު މުއްދަތެއްގެ ހައްލެއް ހޯދަން ޖެހޭ ކަމަށެވެ.

ވިއްސާރަ ވެހޭއިރު އަދިވެސް ކޮންމެވެސް ވަރަކަށް ފެން އަރަމުންދާ މަންޒަރު ފެންނަ ކަމަށާއި އެގޮތަށް ދިމާވަނީ ގަވައިދާ ހިލާފަށް ގޭގޭގެ ދިޔަދޮވި ހޮޅިތައް އެމްޑަބްލިއުއެސްސީގެ ނެޓްވޯކާ ގުޅާފައިވާތީ ކަމަށް އާޒިމް ވިދާޅުވިއެވެ.

ގަވައިދާ ހިލާފަށް އެމްޑަބްލިއުއެސްސީގެ ނެޓްވޯކާ ގުޅާފައިވާ ދިޔަދޮވި ހޮޅިތައް ދިވެހި ރާއްޖޭގެ އަދި ހާއްސަކޮށް މާލޭގެ އާބާދީއަކީ ރާއްޖޭގެ ތިން ބައި ކުޅަ އެއް ބައި ދިރިއުޅޭ ތަނަކަށްވާތީ އެ އެންމެންގެ ހައްގުގައި ވެސް އެގޮތަށް ގުޅާފައިވާ ދިޔަދޮވި ހޮޅިތައް ނަގައި މަގުމައްޗަށް ދޫކޮށްލަން އާޒިމް ވަނީ އިލްތިމާސް ކުރައްވާފައެވެ.

މިއަދު އޮންލައިން