މަރިޔަމް މާހް ހަމީދު ގުރްއާން ހިތުދަސްކޮށްފައިވާތީ، އިސްލާމިކް މިނިސްޓަރ ހިތްވަރުދެއްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 54ސ
މަރިޔަމް މާހް ހަމީދު ގުރްއާން ހިތުދަސްކޮށްފައިވާތީ، އިސްލާމިކް މިނިސްޓަރ ހިތްވަރުދެއްވައިފި

ޅ.ނައިފަރަށް އުފަން މަރިޔަމް މާހް ހަމީދު ގުރްއާން ހިތުދަސްކޮށްފައިވާތީ، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ، ބައްދަލުކުރައްވާ ހިތްވަރުދެއްވައިފި އެވެ.

އުމުރުން 21 އަހަރުގެ ހާއްސައެހީއަށް ބޭނުންވާ މާހް ވަޒީފާ އަދާކުރަމުން އަންނަނީ މޯލްޑިވިއަންގެ އެޗް.އާރް ކޯޑިނޭޓަރެއްގެ ގޮތުގައެވެ.

އިސްލާމިކް މިނިސްޓަރު ވިދާޅުވީ ސަރުކާރުން ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ފަސޭހަގޮތްތައް ހަމަޖައްސައިދީ ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުން ވަޒީފާ ލިބޭނެ ގޮތްތައް ފަހިކުރެއްވުމަށް އަބަދު ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މިބައްދަލު ކުރެއްވުމުގައި މާހްގެ މަންމަ ވެސް ވަނީ ބައިވެރިވެފައެވެ

މިއަދު އޮންލައިން