ދުވާލަކު ބާރަ ބިލިއަން ޓަނުގެ އައިސް ވިރިގެން ކަނޑަށް ފައިބަމުންދާއިރު ޣަރަޤްވެދާނެ ވަގުތަކަށް ބިރު ނުގަންނަނީ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ދުވާލަކު ބާރަ ބިލިއަން ޓަނުގެ އައިސް ވިރިގެން ކަނޑަށް ފައިބަމުންދާއިރު ޣަރަޤްވެދާނެ ވަގުތަކަށް ބިރު ނުގަންނަނީ ހެއްޔެވެ؟

ދުވާލަކު 12 ބިލިއަން ޓަނުގެ އައިސް ވިރިގެން ކަނޑަށް ފައިބަމުންދަނީއެވެ. ޙާލަތު ބަދަލުވެ ޣަރަޤްވާނީ ކޮން ވަގުތަކުކަން އެނގެނީ ކާކަށް ހެއްޔެވެ؟ ތަފާތު ބަހަނާތައް ދައްކަމުން އައި ސައިންސްވެރިން މިހާރު އެތިބީ ގޮތް ހުސްވެފައެވެ.

އަދިވެސް މީސްތަކުން އަވަދިނެތި މިއުޅެނީ ދުނިޔެ އާރާސްތުކުރުމުގެ މަސައްކަތުގައި އެކަކު އަނެކަކަށް ވާދަކުރުމުގައެވެ. މަސައްކަތް ބުރަކަމުން އަދާކުރަން ޖެހޭ ފަރުޟުތައްވެސް މިއޮންނަނީ އަދާނުކުރެވިފައެވެ. ދުނިޔެ އާރާސްތުކުރަން ނަގާ ލޯނުތަކުން ބޭންކްތަކަށް ދަރަމުންދާއިރު ނަމާދުކުރުން ފަދަ ދުވަހުން ދުވަހަށް ކޮންމެހެން އަދާކުރަންޖެހޭ ފަރުޟުތައް އަދާ ނުކުރެވިގެން މިދަނީ ﷲ ތަޢާލާއަށް ދަރަނިވެރިވަމުންނެވެ. މަރުވެގެން ޑާން މިޖެހެނީ ދެކޮޅަށް އިންތިހާއަށް ދަރަނިވެރިވެފައިވަނިކޮށެވެ!

މީސްތަކުންނޭވެ! ދުނިޔެއަށް ކުރިމަތިވަމުން މިދާ ކާރިސާތަކަކީ ހޭލުންތެރިކަން އިތުރުކޮށް ތައުބާވެ ހެޔޮ އަމަލުތައް ކުރުން އިތުރުކުރަން ދެއްވަވާ އިންޒާރެވެ! އަލިފާނުގައި އަތްލެވުމުން ނޫނީ އެއީ ހޫނެ އެއްޗެއްކަން ޤަބޫލު ނުކުރެވޭ މޮޔައިން ކަމުގައި ނުވާށެވެ! މަރުގެ މަލާއިކަތާ ފެނުމުން ތައުބާވެ ހެޔޮ އަމަލުކުރަން މަޑުކުރަމުންދާ މީހުންނާއި މިބުނި މޮޔައިންނާއި ހުރީ ކޮން ތަފާތެއް ހެއްޔެވެ؟

ޚަބަރުގައިވާ ޓްވީޓުގެ ވީޑިއޯ ބައްލަވައިލައްވާށެވެ! މިދެއްކި ވާހަކަތަކާއި ގުޅުވާލައިގެން ހިތަށް ބިރުވެރިކަމެއް ވެއްދޭތޯ ބަލާށެވެ!

 

މިއަދު އޮންލައިން