މާލީ އެހީ ފަސޭހަކަމާ ޔަޤީންކަމާއެކު ތަރައްޤީ ވަމުން އަންނަ ޤައުމުތަކަށް ބޭނުންވޭ!: ޑރ. ޙުސައިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
މާލީ އެހީ ފަސޭހަކަމާ ޔަޤީންކަމާއެކު ތަރައްޤީ ވަމުން އަންނަ ޤައުމުތަކަށް ބޭނުންވޭ!: ޑރ. ޙުސައިން

ޕެރިސް އެގްރީމަންޓް މާނަ ހުރި އަދި ޢަމަލީގޮތެއްގައި ތަންފީޒުކުރުމަށްޓަކައި އިތުރު، އައު އަދި ކުރިޔަށް އަމާޒުކުރެވޭ ނުވަތަ ލަފާ ކުރެވޭ މިންވަރަށް ބޭނުންވާނެ މާލީ އެހީ ފަސޭހަ އަދި ޔަޤީންކަމާއެކު ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ބޭނުންވާކަމަށާއި ޕެރިސް އެގްރީމަންޓް މާނަ ހުރި އަދި ޢަމަލީގޮތެއްގައި ތަންފީޒު ކުރުމަށްޓަކައި އިތުރު، އައު އަދި ކުރިޔަށް އަމާޒުކުރެވޭ ނުވަތަ ލަފާ ކުރެވޭ މިންވަރަށް ބޭނުންވާނެ މާލީ އެހީ ފަސޭހަ އަދި ޔަޤީންކަމާއެކު ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ބޭނުންވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

އދ. މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ އަހަރީ ބައްދަލުވުން، ކޮޕް 25 ގައި ތަޤްރީރުކުރައްވަމުން ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ ޤައުމުތަކުގެ މޫސުމަށް އަންނަ ބަދަލުތަކުގެ އެކްޝަން ޕްލޭން ނުވަތަ އެން.ޑީ.ސީ. ގެ އަމާޒުތައް ހާސިލުކޮށް އަދި އެމްބިޝަން އިތުރު ކުރުމަށްވެސް މާލީ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އަދި މިފަދަ އެހީތައް ނުލިބި އެމްބިޝަން އިތުރު ކުރުމަކީ އެއްވެސް މާނައެއް ނެތްކަމެއްކަމަށެވެ. އަދި މިކަމަށް ބޭނުންވާ ފައިސާގެ މަދު މިންވަރެއް މެނުވީ އަދިވެސް ހަމަޖެހިފައި ނުވާ ކަމަށާއި، އަދި ލިބެންހުރި މަދު މިންވަރުގެ ފައިސާ ހޯދުމުގައިވެސް ގިނަ ދަތިތަކާއި، ހުރަސްތައް ގިރާކުރަންޖެހޭ ކަމަށާއި މިއީ ޤަބޫލު ކުރެވޭނެ ކަންކަން ނޫންކަމަށް ވެސް ޑރ. ޙުސައިން ވިދާޅުވިއެވެ.

ސްޕެއިންގެ މެޑްރިޑްގައި މި މަހުގެ 02 އިން 13 އަށް ކުރިއަށްދާ މި ބައްދަލުވުމުގައި މިނިސްޓަރ އިތުރަށް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ އިޢާދަ ނުކުރެވޭނެ ގެއްލުންތަކަށް ޙައްލެއް ހޯދުމަށް ޤާއިމު ކުރެވިފައިވާ ބައިނަލްއަޤުވާމީ "ލޮސް އެންޑް ޑެމޭޖް" ނިޒާމަކީ ހަމައެކަނި އެގްރީމަންޓުގައި ލިޔެވިފައިވާ ފޮޅުވަތްތަކުގެ ބަދަލުގައި، މިނިޒާމު ތަންފީޒުކުރުމަށް އެންމެން އެއްބަސްވާން އެބަޖެހޭކަމަށާއި، ވަކިން ޚާއްސަކޮށް މުޅި ދުނިޔޭގެ އެންމެންގެ ޙައްޤުގައި އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވަމުންދާ ކާރިސާތަކާއި ކުރިމަތިލުމުގައި މިނިޒާމުގެ މަސައްކަތް، ލަސްވުމެއްނެތި އަވަސް ކަމާއެކު ތަންފީޒު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ.

މިއަދު އޮންލައިން