ކަން ދިމާވި ގޮތުން އޭނާއަށް ކައިވެނިކުރަން ލިބުނީ އޭނާއަށްވުރެ ތަނަވަސް އަންހެނެކެވެ. އެހެންކަމުން ކައިވެނީގެ ރަސްމިއްޔާތު ގާތްވަމުން އައިއިރު އޭނާގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ކައިވެނީގެ ރަނަށް ދޭން ޖެހޭނެ މިންވަރެވެ!
ވަރަށް ބިރުން ހުރެ 2 ހެކިން ގޮވައިގެން ރަންކިޔުއްވުމުގެ ރަސްމިއްޔާތަށް އޭނާ ދިއައެވެ. އަދި ރަނަކަށް ބޭނުންވަނީ ކިހައިވަރެއްތޯ ސުވާލުކުރީވެސް އޭނާ އަމިއްލައަށެވެ! އެއީ ވެސް ރަން ކުޑަކުރުވުމުގެ ބޭނުމުގައެވެ.
ލިބުނު ޖަވާބުން ދިއައީ ސިއްސައިގެންނެވެ. ޖެހުނީ ބަސްހުއްޓިފައި އިރުކޮޅަކު ހުންނާށެވެ! އެއީ މިހައި ތަނަށް ދުވަހަކުވެސް އެބާވަތުގެ ރަނެއް އަންހެނަކު ކިޔާފައިވާކަމުގެ އަޑުވެސް އޭނާ އަށް އިވިފައި ނެތުމުންނެވެ.
"އަހަރެންގެ ކައިވެނީގެ ރަނަކީ---- ކީރިތި ޤުރްއާނުން ތިބާ އެންމެ ލޯބިވާ ސޫރަތް ކިޔެވުމެވެ! އަދި ތަޖްވީދުމަގުން އަހަރެންނަށް ޤުރްއާން ކިޔަވަން ދަސްކޮށްދިނުމެވެ."
- ޢިބްރަތްތެރިވާހަކަ