ސަލަފުގެ އެއްވެސް ޢިލްމުވެރިއަކާ މަރު ކޮމިޝަނުން ސުވާލެއްވެސް ނުކުރޭ - ރިޕޯޓުގަ ކަނޑައެޅިގެން ދޮގު އެބަހުރި!: ސަލަފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ސަލަފުގެ އެއްވެސް ޢިލްމުވެރިއަކާ މަރު ކޮމިޝަނުން ސުވާލެއްވެސް ނުކުރޭ - ރިޕޯޓުގަ ކަނޑައެޅިގެން ދޮގު އެބަހުރި!: ސަލަފް

ޑރ. އަފްރާޝީމްގެ މަރުގެ މައްސަލަ ބެލި މަރުކޮމިޝަނުން ސަލަފް ޖަމިއްޔާގެ އެއްވެސް ޢިލްމުވެރިއަކާއި ސުވާލުވެސް ކޮށްފައި ނުވާ ކަމަށާއި ރިޕޯޓުގައި އެ ޖަމިއްޔާގެ މެންބަރެއް ކަމަށް ފާހަގަކޮށްފައިވާ ޝައިޚް މުޙައްމަދު ލަޠީފަކީ އެއްވެސް ޒަމާނެއްގައި ސަލަފުގެ ޝައިޚެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެއް ނޫން ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ. 

މިއަދުބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަމިއްޔާގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިޚް އަޙްމަދު ސަމީރު ޝައިޚް ލަޠީފަކީ އެ ޖަމިއްޔާގެ ޝައިޚެއް ކަމަށް ރިޕޯޓުގައި ހިމްނާފައި އޮތް އޮތުމަކީ ކަނޑައެޅިގެން ބަޔާންކޮށްފައިވާ ދޮގެއް ކަމަށެވެ. "އެބޭފުޅާ އާ ސުވާލުކުރައްވާފަ އަޅުގަނޑުމެންގެ ޝައިޚަކާ ސުވާލުކުރެއްވި ކަމަށް ދެއްކުމަކީވެސް ހަދާފައިވާ ވަރަށް ބޮޑު ގޯހެއް!" 

މިކަމާގުޅިގެން ޝައިޚް ފިކުރީ ވިދާޅުވީ "ޖަމިއްޔާގެ މެންބަރުން ނޫން ނަމަވެސް ހިންގާ ކޮމިޓީގެ މެންބަރުން ނޫންނަމަވެސް ވަރަށް ގިނަ ބޭފުޅުން ސަލަފުން ހިންގާ ޕްރޮގްރާމްތަކުގަ ދަރުސް ދެއްވާ. އެގޮތުން ޝައިޚް ލަޠީފް ވެސް ދަރުސް ދެއްވާ. ނަމަވެސް އެއީ ސަލަފުގެ މެންބަރެއްގެ ހައިޞިއްޔަތަކުން ނޫން. ރާއްޖޭގެ ވަރަށް ގިނަ ޢިލްމުވެރިން ގެންދަވަނީ ދަރުސް ދެއްވަމުން." ކަމަށެވެ. 

ޝައިޚް ސަމީރު ވިދާޅުވީ މައުލޫމާތު ސާފުކުރަން އެއްވެސް ތަނަކަށް ގެންދިއުމަކީ އެ ޖަމިއްޔާއިން މަރުޙަބާކިޔާ ކަމެއް ކަމަށާއި އެފަދަ ފުރުޞަތެއް ދީފިނަމަ މައުލޫމާތު ދޭން ޖަމިއްޔާ އޮތީ ތައްޔާރަށް ކަމަށެވެ. "މިހާރު ހުރިހާ ވާހަކަތަކެއް ދައްކަމުން އެގެންދަނީ އަޅުގަނޑުމެންގެ ގާތު އަހަލުމެއް ކަހައިލުމެއް ނެތި." 

ސަލަފުން މިމޭރުމުން ބަޔާންކޮށްފައިވާއިރު މަޖިލީހުގެ 241 ކޮމިޓީން ވަނީ ރިޕޯޓުގެ ޞައްޙަކަން ބެލުމަށް ދެކޮޅުހަދައި އެކަމަށް ހުށަހެޅި ހުށަހެޅުން ފާސްނުކޮށްފައެވެ. 

މިއަދު އޮންލައިން