ސަލަފުން ދުވަހަކުވެސް ހަރުކަށި ފިކުރަށް ތާއީދުކޮށްފައެއް ނުވާނެ - ކުރާ ހުރިހާ ކަމެއް ކުރަނީ ފާޅުކަން ބޮޑު ގޮތަކަށް: ސަލަފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ސަލަފުން ދުވަހަކުވެސް ހަރުކަށި ފިކުރަށް ތާއީދުކޮށްފައެއް ނުވާނެ - ކުރާ ހުރިހާ ކަމެއް ކުރަނީ ފާޅުކަން ބޮޑު ގޮތަކަށް: ސަލަފް

ޖަމިއްޔަތުއްސަލަފުން ދުވަހަކުވެސް ހަރުކަށި ފިކުރަށް ތާއީދުކޮށްފައި ނުވާނެ ކަމަށާއި އެ ޖަމިއްޔާއިން ކުރާ ހުރިހާ ކަމެއް ކުރަނީ ވަރަށް ފައުޅުކަން ބޮޑު ގޮތަކަށް ކަމަށް ސަލަފުން ބުނެފިއެވެ.  

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސަލަފުގެ ރައީސް ޝައިޚް ޢަބްދުﷲ ބިން ޖަނާބު ވިދާޅުވީ އެ ޖަމިއްޔާއިން ދޭ ދަރުސްތަކާއި ހިންގާ ޙުރިހާ ޙަރަކާތްތައްވެސް ހިންގަނީ ޢާންމުކޮށް ހުޅުވާލައިގެން ރައްޔިތުން ބައިވެރިކޮށްގެން ކަމަށާއި ލައިވްކުރުމާއި ޔޫޓިޔުބް ޗެނެލް މެދުވެރިކޮށްވެސް ޢާންމުކުރަމުން ގެންދާ ކަމަށެވެ.  

ޝައިޚް ޢަބްދުﷲ ބިން ޖަނާބު ވިދާޅުވީ ހަރުކަށި ފިކުރާ ހައްދުފަހަނައަޅައި ދިއުމަކީ އެއްވެސް އިރަކު އެޖަމިއްޔާއިން ތާއީދުކުރާ ކަންކަން ނޫން ކަމަށާއި އަދި އަބަދުވެސް މަސައްކަތްކުށްފައިވާނީ އެފަދަ ކަންކަމާއި ދެކޮޅަށް ކަމަށެވެ. އެ ޖަމިއްޔާއިން އަބަދުވެސް މަސައްކަތްކުރަނީ ކީރިތި ޤުރްއާނާއި ސުންނަތުގެ އަލީގައި އިސްލާމް ދީނުގެ ކަންކަން އޮޅުންފިލުވައިދިނުމަށް ކަމަށެވެ. އެގޮތުން އިސްލާމް ދީނާއިމެދު ޝައްކު އުފެދި ދީނާއި ދުރުހެލިވާ މީހުން ހޭލުންތެރިކުރުވާފައިވާނެ ކަމަށާއި އެހެން ދީންތަކުގެ ބައެއް މީހުން އިސްލާމް ވުމަށްވެސް މެދުވެރިވެފައިވާނެ ކަމަށެވެ.  

ޝައިޚް ޢަބްދުﷲ ބިން ޖަނާބު ވިދާޅުވީ ސަލަފުގެ ނަން ތަފާތު ގޮތްގޮތަށް ބޭނުންކޮށްގެން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވަމުން އަންނަ މީހުންނަކީ އެ ޖަމިއްޔާއާއި އެއްވެސް ގުޅުމެއް ހުރި ބައެއް ނޫން ކަމަށާއި އެޖަމިއްޔާއިން ކުރާ ކަންކަން ކުރަނީ އެ ޖަމިއްޔާގެ ނަމުގައި ހާމަކަން ބޮޑު ގޮތުގައިކަން ދައުލަތުގެ ކަމާއިބެހޭ މުއައްސަސާތަކަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.  

ސަލަފުގެ ނަމާއި ގުޅުވައިގެން ސޯޝަލް މީޑިއާގައި ޙަރަކާތްތެރިވާ އެފަދަ ފަރާތްތަކުން ކުރާ މަސައްކަތްތަކަކީ ފިތުނަ އުފެއްދުން ކަމަށާއި އެފަދަ ކަންކަމަށް ސަލަފުން އަބަދުވެސް ދެކޮޅު ހަދަމުން ގެންދާކަންވެސް ޝައިޚް ވަނީ ފާހަގަކުރައްވާފައެވެ.  

ދީނީ ގޮތުން ސުވާލު އުފެދޭ ކަންކަމުގައި ސލަފުގެ ޢިލްމުވެރިން ގެންދަނީ އެކަން ދީނުގައި އޮތް ގޮތް ހާމަކުރަން އަބަދުވެސް ބަޔާންތައް ނެރެމުން ކަމަށާއި އެއީ އެއްވެސް މީހެއްގެ މަރާއި ގުޅުންހުރި ކަމެއް ނޫންކަންވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ ފާހަގަކޮށްފައެވެ. 

މިއަދު އޮންލައިން