ސަލަފް އުވާލަން ނިންމި ކޮމިޓީ ރިޕޯޓް، ކޮމިޓީން ފާސް ނުކުރާ ކަމަށް ކޮމިޓީގެ މެންބަރު، އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
"މަޖިލީހުގެ 241 ކޮމިޓީން ޑރ.އަފްރާޝީމްގެ މަރާއި ބެހޭ ގޮތުން އެކުލަވައިލި ސަބްކޮމިޓީންލިޔުނު ރިޕޯޓަކަށް އަޅުގަނޑު ވޯޓެއް ނުދެމެވެ. އެ ރިޕޯޓް ސަބް ކޮމިޓީން ފާހެއްވެސް ނުކުރެއެވެ."
މީގެ އިތުރުން ސަލަފު އުވާލަން އުޅެނީ އެމްޑީއެން އުވާލަން އުޅުނީމާ ބަދަލު ހިފަން ކަމަށްވެސް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.
3 މެންބަރުންގެ ސަބް ކޮމިޓީބް ނިންމަން ޖެހޭ ކަމެއް ނިންމާފައި ވަނީ 2 މެންބަރުން ކޮމިޓީގައި ނެތި ޙަސަން ލަޠީފް އެކަނި އިނދެގެން ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.
ކޮމީޓީން ބައަކަށް ފިޔަވަޅު އަޅަން ނިންމިއިރު ރިޕޯޓުގައި ހިމެނޭ އެއިރު އެމްޑީޕީގެ މެންބަރުންނާއިމެދުވެސް ފިޔަވަޅު އަޅަން ނިންމާފައެއް ނުވެއެވެ. ނމަވެސް ފައިސާ ޚަރަދުކުރި މީހުން އެކަން ކުރި ގޮތުގެ މައުލޫމާތު އެމްއެމްއޭ އިން ހޯދުމަށާއި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ފިލައިގެން ދިއަ ގޮތުގެ މައުލޫމާތު ޑިފެންސް މިނިސްޓްރީ މެދުވެރިކޮށް ހޯދުމަށް ވަނީ ނިންމައިފައެވެ.
ފިޔަވަޅު އަޅާ ލިސްޓްގައި ސަލަފް ޖަމިއްޔާ ހިމެނުމަށް ނިންމީ މަރު ކޮމިޝަންގެ ރިޕޯޓް ދިރާސާކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެކުލަވާލި ސަބް ކޮމިޓީގެ ރިޕޯޓްގަ އެވެ. މަރު ކޮމިޝަންގެ ރިޕޯޓާ ގުޅިގެން ފިޔަވަޅު އަޅަންޖެހޭ ފަރާތްތައް ކަމަށް ނިންމާފައިވަނީ:
ޖަމިއްޔަތުއްސަލަފް،
ރާއްޖެއިން ސީރިއާ އަށް މީހުން ފޮނުވުމަށް ފަންޑް ކުރަމުންދާ ކަމަށް ބުނާ އަލީ ޝިޔާމް (ވީބީ އައްޔަ)
ފުރުގާން މިސްކިތް ކައިރީގައި ޖަމާއަތް ހަދައިގެން ތިބޭ ދީނީ ހަރުކަށި ޖަމާއަތުގެ މީހުން،
އެމެރިކާއިން ޓެރަރިސްޓެއް ކަމަށް ކަނޑައެޅި މުހައްމަދު އަމީން،
ރާއްޖޭގައި ހިންގާ އަލްގައިދާ ޖަމާއަތުގެ ލީޑަރު ކަމަށް ބުނާ މުހައްމަދު މަޒީދު،
ޝައިޚް ޖަޢްފަރު ފާއިޒު، ޝާމިލް، ޢަބްދުލްމުހުސިން އެވެ.
ޑރ. އަފްރާޝީމް އަަވހާރަކޮށްލި ހާދިސާ އާއި ގުޅުވައިގެން އަބުރުކަތިލަމުން ގެންދާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވެސް ހިމަނާފައެއް ނުވެއެވެ.