ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން އިތުރުފުޅު ހައްދަވައި ދޮގު މައުލޫމާތު މުޅި ރާއްޖެއަށް ޢާންމު ކުރައްވައިފިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ސަލަފް ޖަމިއްޔާ ރަޖިސްޓްރީ ކޮށްފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށެވެ. ރައީސް ނަޝީދު ރާއްޖޭގެ ވެރިކަން ކުރެއްވީ 11 ނޮވެމްބަރު 2008 އިން 7 ފެބްރުވަރީ 2012 އަށެވެ. ސަލަފު ޖަމިއްޔާގެ ރަޖިސްޓްރީގައި އޮތް ގޮތުން އެ ޖަމިއްޔާ ރަޖިސްޓްރީކޮށްފައިވަނީ 7 ޖޫން 2006 ގައެވެ.

ސަލަފުގެ އިސް ބޭފުޅަކު މިއަދު ވިދާޅުވީ ރައީސް ނަޝީދުގެ މިއަދުގެ ވާހަކަފުޅުންވެސް އެނގިގެންދަނީ އެމަނިކުފާނުގެ ހިތްޕުޅުގައި ސަލަފް ޖަމިއްޔާއަށް އޮތް ހަސަދައިގެ ބޮޑުކަންކަމަށާއި ހުރިހާ ވެސް މައްސަލައަކީ އެމްޑީއެންގެ ރިޕޯޓް ރައީސް ނަޝީދު ދިފާޢުކުރައްވާތީ ސަލަފުގެ ޢިލްމުވެރިން ދެކެ ކޯދާވާ މިންވަރު ކަމަށެވެ. އަދި ލާދީނީ ޖަމާއަތްތަކަސް ހިތްވަރު ދެއްވަން ބޭނުންފުޅުވާ މިންވަރު ކަމަށެވެ.
މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ރައީސް ނަޝީދު ވަނީ މަޖިލީހުގައި ދޮގު މައުލޫމާތު ހާމަކުރާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ. އެހެންކަމުން އުފެދޭ ސުވާލަކީ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ރައީސް ނަޝީދު އިތުރުފުޅު ހެއްދެވުމުން ފިޔަވަޅު އަޅާނީ ކޮން ފަރާތަކުންތޯއެވެ؟
ސަލަފު ޖަމިއްޔާ އުވާލައި އަދި ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ދޫފުޅުގައި ތަޅުވަން ކިތަންމެ ބޭނުންވި ނަމަވެސް މަޖިލިސް ތެރެއިން ފެންނަމުން މިދަނީ ތަންކޮޅެއް ބޮޑުވަރުކަމަށް ގިނަ ބައަކު ބުނެއެވެ.
Prophet Muhammad (ﷺ) was asked: can a believer be a coward? He (ﷺ) replied: yes He (ﷺ) was then asked: can a believer be a miser? He (ﷺ) replied: yes And Finally, He (ﷺ) was asked: can a believer be a liar He (ﷺ) replied: No Mawatta Mailk Book 56: No 19 މިޙަދީޘްފުޅު ރައީސް ނަޝީދު އާއި ޖާބިރު އާއި އެނޫން ވެސް މަޖިލީހުގައި ފައުޅުގައި ދޮގުހަދަމުން ދާ މެންބަރުން ޤަބޫލުކުރޭބާވައެވެ! މިއާޔަތްތައް ޤަބޫލުކުރޭ ބާވައެވެ!
"އަދި އެއުރެންނީ ދޮގުހެކިނުދޭ މީހުންނެވެ. އަދި ބޭކާރު ބަސްތަކާއި ކަންތައް ދިމާވާހިނދު، މާތްމީހުންގެ ގޮތުގައި ފަހަނަޅައިދާ މީހުންނެވެ." (އަލްފުރްޤާން: 72)
"----- ފަހެ (އަޅުކަންކުރެވޭ) ބުދުތަކުގެ ނުތާހިރުކަމުން ތިއަބައިމީހުން ދުރުހެލިވާށެވެ! އަދި ދޮގު ހެކިބަސް ބުނުމުން ދުރުހެލިވާށެވެ!" (އަލްޙައްޖު: 30)
"----ﷲ ގެ ޙަޟްރަތުން އެމީހަކަށް ލިބިފައިވާ ހެކި ވަންހަނާކޮށްފި މީހަކަށްވުރެން އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟ އަދި ތިއަބައިމީހުން ކުރާ ޢަމަލުތަކާމެދު، ޣާފިލު ވެ ވޮޑިގެންވާ ކަލަކު ކަމުގައި ﷲ ނުވެއެވެ." (ބަޤަރާ: 140)
ﷲ ތަޢާލާގެ އާޔަތްތަކަށާއި ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅުތަކަށް ބިރުވެތިވާނީ މުސްލިމުންނެވެ. ކާފިރުންގެ ތެރެއިން އެއިން އަސަރުކުރާ މީހުން އެދަނީ އިސްލާމްވަމުންނެވެ.