ރާއްޖެއިން އިސްލާމް ދިން ފުހެލަން މަސައްކަތްކުރާ އެމްޑީއެން އުވައިނުލައި ވާނެ އެއްވެސް ޤާނޫނީ އަދި ދީނީ ހަމައެއް ނެތުމުން އެ ޖަމިއްޔާ އުވާލަން ނިންމިކަން ޔޫތް މިނިސްޓްރީން ނިންމުމުން އެމްޑީއެންއަށް ވާގިވެރިވާ ލާދީނީ ޖަމާއަތްތައް ރުއްސުމަށްޓަކައި މިހާރު ކުރަމުން އެގެންދަނީ ސަލަފް ޖަމިއްޔާ "ކަތިލުމުގެ" މަސައްކަތް ކަމަށް ގިނަ ބައަކު ޤަބޫލުކުރެއެވެ.
އެގޮތަށް ބުރަވާ މީހުން ބުނަނީ ﷲ ތައާލާއަށާއި ރަސޫލް (ޞޢވ) އަށް ބަދުބަސް ބުނެ ފުރައްސާރަކޮށް މުސްލިމުންގެ ދުސްތޫރަ ކަމަށްވާ ކީރިތި ޤުރުއާނުގެ އާޔަތްތައް އެމްޑީއެން އިން ދޮގުކުރުމުން މަޖިލީހުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ. އަދި ސަލަފް ޖަމިއްޔާއިން ކުށެއް ކޮށްފައިވާނަމަ އެކަން ބަލަން ޖެހޭނީ ފުލުހުން ކަމަށާއި މަޖިލީހުން އަމަލުކުރަމުން އެގެންދަނީ ވަރަށް ތަފާތު ގޮތަކަށް ކަމަށެވެ.
"އަޅުގަނޑުމެންގެ އެއްވެސް މައްސަލައެއް ނެތް، އެއްވެސް ޖަމިއްޔާއަކުން ކުށެއް ކޮށްފައިވާނަމަ ފިޔަވަޅު އެޅުމަކަށް. އަދި ކުށެއްކުރި އެއްވެސް މީހަކަށް ފިޔަވަޅު އެލުމަކަށްވެސް. ނަމަވެސް ރާއްޖޭގެ ޤާނޫނު އަސާސީގައި އޮތް ގޮތަށް ފިޔަވަޅު އަޅަން ޖެހޭނީ. އެމްޑީއެންގެ މައްސަލަ ބަލަން ފުލުހުންނަށް ޖައްސުވާފަ ސަލަފުގެ މައްސަލަ މަޖިލީހުން ނިންމީމަ އެބަ އެނގޭ އެއްވެސް ހަމަހަމަ ކަމެއް އަދި އިންޞާފެއްވެސް ނެތްކަން. މިއުޅެނީ ކޮންމެ ގޮތަކުން ނަމަވެސް ސަލަފް އުވާލަން ބޭނުންވެގެންކަން."
"އެމްޑީއެންމެ ރިޕޯޓުގެ މައްސަލައިގައި މަޖިލީހުން ބުނަމުން ދިއައީ އެއީ 2015 ވަަނ އަހަރުގެ ރިޕޯޓެއްކަމަށް. އެހެން ވީމާ މިވީ 4 އަހަރު. މިހާރު ސަލަފާ އެގުޅުވަނީ މީގެ 7 އަހަރު ކުރީގެ ކަމެއް. ކޮބާތޯ އިންޞާފަކީ. މިފެންނަނީ
ވެރިކަން ކުރާ ޕާޓީއަށް މަޖިލީހުގެ ސުޕަމެޖޯރިޓީ ދިނުމުގެ ނަތީޖާ. ދެން އުވާލާނީ ޤާނޫނު އަށާސީގަ ހުރި އިސްލާމް ދީނާ ގުޅުން ހުރި މާއްދާތައް. ރިޔާސަތުން ބުނާނެ ރައްޔިތުން މިއޮތީ އަޣްލަބިއްޔަތު ދީފައޭ."
މިއީ ތަފާތު މީހުންގެ ބަސްތަކެވެ.