ސަލަފް އުވާލަނީ އެމްޑީއެންގެ މައްސަލަ ރިޕޯޓުކުރުމާ އެމްޑީއެންގެ ރިޕޯޓް ދިފާޢު ކުރުމާ ދެކޮޅަށް ބަސް ބުނާތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ސަލަފް އުވާލަނީ އެމްޑީއެންގެ މައްސަލަ ރިޕޯޓުކުރުމާ އެމްޑީއެންގެ ރިޕޯޓް ދިފާޢު ކުރުމާ ދެކޮޅަށް ބަސް ބުނާތީ!

ޖަމިއްޔަތު ސަލަފް އުވާލަން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ބެހޭ ކޮމިޓީން ނިންމި ޚަބަރެއް ލިބިވަޑައިގެންފައިވާ ކަމަށާއި އެގޮތަށް ނިންމި ނަމަ އެކަން ކޮށްފައިވަނީ އެމްޑީއެންގެ ރިޕޯޓް ނެރުމުން އެރިޕޯޓުގައި ހުރި މައްސަލަތައް އިސްލާމިކް މިނިސްޓްރީއަށް ހުށަހެޅީ ސަލަފުން ކަމަށްވެފައި އަދި އެ ރިޕޯޓް ދިފާޢު ކުރުމާއި ދެކޮޅަށް ސަލަފުން ބަސް ބުނާތީ ކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށް ސަލަފް ޖަމިއްޔާގެ ރައީސް ޝައިޚް ޢަބްދުﷲ ބިން ޖަނާބް ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ އެމްޑީއެންގެ ރިޕޯޓަކީ ހުދުކާފޫރުކަމަށް ދައްކައި އެ ރިޕޯތު ނެރުނު މީހުންގެ ދިފާޢުގައި އެންމެ ބޮޑަށް ޙަރަކާތްތެރިވެވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޗީދު ކަމަށާއި އެހެންކަމުން މަޖިލީހުން މިފަދަ ނިންމުމެއް ނިންމުމަކީ ޙައިރާންވެވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ.

އެމްޑީއެންއިން ﷲ އަށާއި ރަސޫލް (ޞޢވ) އަށް ބަދުބަސްބުނެ އިސްލާމް ދީނުގެ އަޞްލުތަކާއި ދެކޮޅަށް ރިޕޯޓެއް ނެރުމުން އެކަމާއިމެދު މަޖިލީހުން އެއްވެސް ފިޔަވަޅެއް ނުއަޅައި އޮވެފައި ސަލަފް ޖަމިއްޔާ އާއިމެދު ފިޔަވަޅެއް އެޅުމަކީ ވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށާއި ސަލަފް ޖަމިއްޔާއަކީ ރާއްޖޭގެ އެންމެ ގިނަ ދީނީ ޢިލްމުވެރިން ބައިވެވަޑައިގަންނަވާ، އިސްލާމް ދީންއުނގަންނައިދިނުމަށް އެންމެ ފުޅައު ދާއިރާއެއްގައި މަސައްކަތްކުރާ ޖަމިއްޔާ ކަމަށް ވުމަކީވެސް އިސްލާމް ދީނާއި ދެކޮޅަށް ހަރަކާތްތެރިވާ މީހުންގެ ރުޅި ގަދަވެފައިވާ މައްސަލައެއް ކަމަށްވެސް ޝައިޚް ޢަބްދުﷲ ވިދާޅުވިއެވެ.

މިއަދު އޮންލައިން