އެމްޑީއެންގެ ރިޕޯޓް ދިފާޢުކުރައްވާތީ ރައީސް ނަޝީދާމެދު ފިޔަވަޅު އަޅައިދިނުމަށް ސަލަފުން އިސްލާމިކް މިނިސްޓްރީއަށް މައްސަލަ ހުށައަޅައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
އެމްޑީއެންގެ ރިޕޯޓް ދިފާޢުކުރައްވާތީ ރައީސް ނަޝީދާމެދު ފިޔަވަޅު އަޅައިދިނުމަށް ސަލަފުން އިސްލާމިކް މިނިސްޓްރީއަށް މައްސަލަ ހުށައަޅައިފި

ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރަމުން ގެންދާ އެމްޑީއެންގެ ރިޕޯޓް ދިފާޢުކުރައްވާތީ ރައީސް ނަޝީދު އާއިމެދު ފިޔަވަޅު އަޅުއްވައި ދެއްވުމަށް ސަލަފުން އިސްލާމިކް މިނިސްޓްރީއަށް މައްސަލަ ހުށައަޅައިފިއެވެ. 

ސަލަފުން ބުނީ މައްޗަންގޮޅީ މެދު ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު އެމްޑީއެންގެ ރިޕޯޓު ދިފާއުކޮށް ވާހަކަދައްކަމުންދާތީ ސަލަފުން އިސްލާމިކް މިނިސްޓްރީއަށް މައްސަލަ ހުށައަޅާފައިވާނެ ކަމަށެވެ. 

އެސިޓީގައި ބުބެފައިވަނީ: 

އެމްޑީއެންގެ ރިޕޯޓު ރައީސް ނަޝީދު ތަފާތު އެކި މަގާމުތަކުގައި އަނބުރާހޭރިޔާކޮށްގެން، ހީލަތްތެރި މަކަރުވެރި އަންދާޒާއެއްގައި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ އާދައިގެ ކަމެއް ކަމުގައި ދައްކަން މަސައްކަތް ކުރަމުންދާ ކަމަށާއި.

ރައީސް ނަޝީދު ދިވެހި އިސްލާމީ މުޖުތަމައުގެ ހަމަޖެހުން ހުރިހާ ގޮތަކުން ގެއްލިގެންދާފަދައިން ވާހަކަދައްކަވަމުންދާތީ އެކަން ހުއްޓުވައި ދެއްވައި، ދިވެރި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތް ކުރުމުގެ ކުށަށް ގާނޫނީ ގޮތުން ދެވެންޖެހޭ ހައްގު އަދަބު ދެއްވުމަށާއި.

ގާނޫނުގެ ކުރިމަތީގައި ވަކި ރައްޔިތަކަށް ވަކި ގޮތެއް ހެދުމީ އަނިޔާވެރިކަން ކަމަށެވެ 

ސަލަފް ޖަމިއްޔާ އިން މިފަދަ ސިޓީއެއް އިސްލާމިކް މިނިސްޓަރަށް ފޮނުވާފައިވާއިރު މީގެކުރިން ރައީސް ނަޝީދު ވަނީ އެމްޑީއެންގެ ރިޕޯޓުގައި ނުރަނގަޅު ކަންކަން ހުރިކަން ފާހަގަކުރައްވާ އެ ޖަމިއްޔާއާ މެދު ފިޔަވަޅު އަޅަންޖެހޭ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެމްޑީއެން އިން ނެރުނު ރިޕޯޓު ދިފާޢު ކުރައްވައި ރައީސް ނަޝީދު މިހާރު ވިދާޅުވަމުން ގެންދަވަނީ އެއީ ޢިބާރާތްކުރުމުގައި ހުރި މައްސަލަތަކެއް ކަމަށެވެ. ދީނީ ޢިލްމުވެރިން ވަނީ އެ ރިޕޯޓޫގައި ހުރި އިސްލާމް ދީނާއި ކަނޑައެޅިގެން ޚިލާފް މައްސަލަތައް ފާހަގަކުރައްވައިފައެވެ.

މައްސަލަ ބައްލަވައި ދެއްވުމަށް އެދި ޖަމްޢިއްޔަތުއްސަލަފުން އިސްލާމިކް މިނިސްޓަރަށް ފޮނުވާފައިވާ ސިޓީ: 

މިއަދު އޮންލައިން