އެމްޑީއެންގެ ރިޕޯޓަކީ "ހޭޓް ސްޕީޗް"ގެ ވެސް އެންމެ ނުބައި ވައްތަރުގެ ރިޕޯޓެއް: ޝައިޚް އަނީލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
އެމްޑީއެންގެ ރިޕޯޓަކީ "ހޭޓް ސްޕީޗް"ގެ ވެސް އެންމެ ނުބައި ވައްތަރުގެ ރިޕޯޓެއް: ޝައިޚް އަނީލް

"އެމްޑީއެންގެ ރިޕޯޓް ކިޔައިލި ކޮންމެ އަދުލުވެރިއަކަށް އެ ރޕޯޓުން ފެންނާނީ ދީނާއިމެދު ބައެއްގެ ހިތުގައި އޮތް ޙަސަދައާއި ދެކޮޅު ވެރިކަމެވެ. އެ ރިޕޯޓަކީ "ހޭޓް ސްޕީޗް"ގެ ވެސް އެންމެ ނުބައި ވައްތަރުގެ ރިޕޯޓެކެވެ.

އެފަދަ އަމަލެއް ތަކުރާރުވިއަ ނުދިނުމަށްޓަކައި އެ ރިޕޯޓް ނެރުނު ބައަކާއިމެދު ހަރުކަށި ފިޔަވަޅު އަޅަން ޖެހެއެވެ."

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ރޭ ވަނީ ރާއްޖެއިން އިސްލާމް ދީން ނައްތާލަން މަސައްކަތްކުރަމުން ގެންދާ އެމްޑީއެންގެ ރިޕޯޓު ދިފާޢުކުރައްވައި އެ ރިޕޯޓުގައި ހުރީ ރާއްޖޭގެ ޙާލަތުކަން ބަޔާން ކުރައްވައިފައެވެ. އަދި އެމަނިކުފާނު ވިދާޅުވީ އެ ރިޕޯޓް ނެރުނީ ދީނީ ނުތަނަވަސްކަމެއް އުފައްދަންވެސް ނޫން ކަމަށެވެ.

 

މިއަދު އޮންލައިން