ދީނަށްކުރާ ފުރައްސާރައަކީ އަދަބު ދެވެންޖެހޭ ބޮޑުކުށެއް! - އެހެނަސް ބޭނުމަކީ އެފަދަމީހާވެސް އެނބުރި ގެނެވޭތޯ ބެލުން: ޝައިޚް އަނީލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ދީނަށްކުރާ ފުރައްސާރައަކީ އަދަބު ދެވެންޖެހޭ ބޮޑުކުށެއް! - އެހެނަސް ބޭނުމަކީ އެފަދަމީހާވެސް އެނބުރި ގެނެވޭތޯ ބެލުން: ޝައިޚް އަނީލް

ދީނަށްކުރާ ފުރައްސާރައަކީ އަދަބު ދެވެންޖެހޭ ބޮޑުކުށެކެވެ. އެހެނަސް އަޅުގަނޑުމެންގެ ބޭނުމަކީ އެފަދަމީހާވެސް އެނބުރި ގެނެވޭތޯ ބެލުމެވެ.  އިއްޔެ ދީނުގެ ޢަދުއްވުންކަމުގައި ތިބި ކިތަންމެ ބަޔަކު، ހެޔޮގޮތުގައި ދެވުނު އިޚްލާޞްތެރި ދަޢުވަތުގެ ސަބަބުން ދީނުގެ ނާޞިރުން ކަމުގައި ވެފައިވެއެވެ." – ޝައިޚް މުޙައްމަދު އަނީލް 

ގިނަ ބައަކު ބުނަމުން ގެންދަނީ އިސްލާމް ދީން ނައްތައިލަން މަސައްކަތްކުރާ ބޭރުގެ ޖަމާއަތްތަކުން ފައިސާ ހޯދައިގެން ދިވެހި ރައްޔިތުން އިސްލާމް ދީނުން ބޭރުކުރަން މަސައްކަތްކުރަމުން ގެންދާ އެޖެންޓުންނަށް ޙައްޤު އަދަބު ދޭން ޖެހޭނެ ކަމަށެވެ. "ތައުބާ ވެއްޖައިން" ކަމަށް ބުނެލުމުން އެފަދަ އެޖެންޓުންގެ މައްސަލަތައް ނިންމާލައިގެން ނުވާނެކަމަށެވެ. 

"ރިޕޯޓު ނެރެވުނީތީ މާފަށް އެދެމޭ" ބުނެލުމުން ރިޕޯޓުގެ ސަބަބުން ލިބުނު ބޮޑު ބިޔަ ގެއްލުމުގެ ބަދަލު ދެވުނު ކަމަކަށް ނުވާނެކަން ފާހަގަކުރައްވައި ޝައިޚް އިލްޔާސް ޖަމާލު ވަނީ ރިޕޯޓްގެ ސަބަބުން ލިބުނު ގެއްލުން، މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާއިން ލިބުނު ގެއްލުމަށްވުރެ ބޮޑުކަންވެސް ފާހަގަކުރައްވައިފައެވެ. 

މިއަދު އޮންލައިން