އައި. ޓީ. އެފް. ސީ އާއި ރާއްޖެއާ ދެމެދު ފްރޭމްވޯކް އެގްރީމެންޓުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޞާލިޙް ބައިވެރިވެ ވަޑައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
އައި. ޓީ. އެފް. ސީ އާއި ރާއްޖެއާ ދެމެދު ފްރޭމްވޯކް އެގްރީމެންޓުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޞާލިޙް ބައިވެރިވެ ވަޑައިގެންފި

އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައި.ޓީ.އެފް.ސީ.) އާއި ރާއްޖެއާ ދެމެދު ފްރޭމްވޯކް އެގްރީމެންޓުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ބައިވެރިވެ ވަޑައިގެންފިއެވެ.  

ކުރުނބާ މޯލްޑިވްސްގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އައި.ޓީ.އެފް.ސީ.އާ ރާއްޖެއާ ދެމެދު މިއަދު ސޮއިކުރި ފްރޭމްވޯކް އެގްރީމެންޓަކީ 1.5 ބިލިޔަން އެމެރިކާ ޑޮލަރުގެ ޓްރޭޑް ފައިނޭންސިންގ އެއްބަސްވުމެކެވެ. މި އެއްބަސްވުމަކީ ވިޔަފާރިއާ އިޤްޠިޞާދީ ކަންކަން ކުރިއެރުވުމަށް ވެވުނު އެއްބަސްވުމެކެވެ. 

ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރެވެ. އައި.ޓީ.އެފް.ސީ.ގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހާނި ސާލިމް ސަންބޯލެވެ.

ދިވެހި ރާއްޖެއަކީ 2008ގައި އުފެދުނު އައި. ޓީ. އެފް. ސީ. އިން މާލީ އެހީފޯރުކޮށްދޭ މައިގަނޑު ފަރާތްތަކުގެ ތެރޭގައި ހިމެނޭ އެއް ޤައުމެވެ. މިގޮތުން އެސްޓީއޯއިން އެތެރެކުރާ ތެލުގެ 80 އިންސައްތައަކީ އައި.ޓީ.އެފް.ސީގެ މާލީ އެހީތެރިކަމާއެކު އެތެރެކުރެވޭ ތެލެވެ. އައި.ޓީ.އެފް.ސީ އަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ ކުޑައިގެ ދަށުގައި ހިމެނޭ މާލީ އެހީ ފޯރުކޮށްދޭ ފަރާތެކެވެ.

 

މިއަދު އޮންލައިން