މާލޭގެ ސްކޫލުތަކަށް ކުދިން ވެއްދުމުގައި މާލޭ ރަށްވެހިންނަށް އިސްކަންދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 57ސ
މާލޭގެ ސްކޫލުތަކަށް ކުދިން ވެއްދުމުގައި މާލޭ ރަށްވެހިންނަށް އިސްކަންދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި

މާލޭގެ ސްކޫލް ތަކުން ކުދިންނަށް ވެއްދުމުގައި މާލެއަށް ރަށްވެހިވެފައިވާ ދަރިވަރުންނަށް އިސްކަންދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެޑިއުކޭޝަނުން މިހެން ބުނެފައިވަނީ އެ މިނިސްޓްރީން ނެރުނު ސަރކިއުލާއެއްގައެވެ.

މާލޭގެ ސްކޫލްތަކުން ޖާގަ ދިނުމުގައި މާލެ އަށް ރަށްވެހިވެފައިވާ ދަރިވަރުންގެ ދާއިމީ އެޑްރެހަށް ބަލައި އެ ސަރަހައްދުގެ ސްކޫލަކުން ޖާގަ ހަމަޖައްސައިދޭއިރު  ޖާގަ ދިނުމުގައި ދެ ވަނަ އަށް އިސްކަންދޭން ހަމަޖެހިފައިވަނީ ދަރިވަރުންގެ އެއްބަނޑު އެއްބަފާ ދަރިވަރުންނަށް ކަމަށްވާއިރު އެ ދަރިވަރުންނަކީ ވެސް އެ ސްކޫލު ހިމެނޭ ސަރަހައްދަށް ނިސްބަތްވާ ކުދިންނަށެވެ.

އަދި ތިން ވަނަ އަށް އިސްކަންދިނުމަށް ބަލަނީ އެ ސްކޫލުގައި ކިޔަވައިދޭ ދާއިމީ ޓީޗަރުންގެ އުފަން ދަރިން ނުވަތަ ގާނޫނީ ބެލެނިވެރިކަމުގެ ދަށުގައި ތިބި ކުދިންނަށް ޖާގަ ދިނުމަށެވެ. ބާކީހުރި ޖާގަތަށް ދޭނީ މިނިސްޓްރީން ކަނޑައަޅާފައިވާ ސްކޫލު ސަރަހައްދާ އެއްގޮތްވާ ގޮތުގެ މަތިން ދަރިވަރުން ދިރިއުޅޭ އެޑްރެހަށް ބެލުމަށްފަހުގަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސަރކިއުލާ:

 

 

 

މިއަދު އޮންލައިން