ބޭރުގެ ބޯޓުން އެތެރެކުރި މަސްތުވާތަކެތީގެ މައްސަލައިގަ ހައްޔަރުކުރި ދެ ދިވެހީންގެ ބަންދަށް ފަނަރަ ދުވަސް ޖަހައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
ބޭރުގެ ބޯޓުން އެތެރެކުރި މަސްތުވާތަކެތީގެ މައްސަލައިގަ ހައްޔަރުކުރި ދެ ދިވެހީންގެ ބަންދަށް ފަނަރަ ދުވަސް ޖަހައިފި

އެމްއެންޑީއެފް ކޯސްޓްގާޑާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ކަނޑުމަތީގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 70 ޕެކެޓު (70 ކިލޯ) ގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ދެ ދިވެހީންގެ ބަންދަށް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

މިދެމީހުންނަކީ ވެސް ބޭރު ބޯޓުން މަސްތުވާތަކެތި ނަގަން ދިޔަ ދިވެހި މަސް ދޯނި (ހޭދަކުރި 7) ގައި ތިބި ދެމީހުންނެވެ. އަދި ދޯނީގައި ތިބި ބަނގުލަދޭޝް ދެ މީހުންގެ ބަންދަށް 10 ދުވަހުގެ މުއްދަތު ވަނީ ޖަހައިދީފައެވެ. 

އަތުލައިގަތް ބޭރުގެ ބޯޓުގައި ކާކުކަން ނޭނގޭ 6 މީހަކު ތިބިއިރު މިބޯޓަކީ އިރާނުގެ ދިދަ ނަގާފައިވާ ބޯޓެކެވެ. މި 6 ހަމީހުންގެ ބަންދަށްވެސް 15 ދުވަސް ވަނީ ޖަހައިފައެވެ.

މައުލޫމާތުލިބިފައިވާގޮތުގައި "ހެދޭކުރި 7" ދޯންޏަކީ ކ. ދިއްފުށީ ދޯންޏެވެ.  

 

 

 

މިއަދު އޮންލައިން