ހުޅުމާލޭ ގެއަކުން މަސްތުވާތަކެތި ހޯދައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 31ސ
ހުޅުމާލޭ ގެއަކުން މަސްތުވާތަކެތި ހޯދައިފި

ހުޅުމާލޭ ގެއެއްގައި ފޮރުވާފައި ހުރި މަސްތުވާތަކެތި ފުލުހުން ހޯދައިފިއެވެ.

މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ މި ތަކެތި ހޯދާފައިވަނީ ހުޅުމާލޭގައި ހުރި އިމާރަތެއްގެ ތިންވަނަ ފަންގިފިލާގައި ހުރި ތަނެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލޭ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސާއި ސްޕެޝަލް އޮޕަރޭޝަންސް ގުޅިގެން އޮޕަރޭޝަނެއްގައި ކަމަށެވެ.

މި އޮޕަރޭޝަނުގައި އެތަން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި އަޅާފައި ހުރި ޖޫސްޕެޓީ ހަތަރު ކޮތަޅާއި، ހަތް ފުޅި އާއި 11 ބުލެޓް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަވެ.

 

މިއަދު އޮންލައިން