ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރަމުން އަންނަ އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ދީނީ ޢިލްމުވެރިން ކުރިން ދެއްކެވި ވާހަކަތައް އަޑުނާހާ މީހުންނަށް ނުއެނގުނު ނަމަވެސް އެވާހަކަ ކުރިންވެސް ދެއްކެވިކަމުގެ ހެކި ޝައިޚް އާދަމް ނިޝާން ދައްކަވައިފި އެވެ. ޝައިޚް އާދަމް ނިޝާން ވަނީ ޝައިޚުގެ ދަރުސް ހިމެނޭ ޔޫޓިޔުބްވެސް ޢާންކުރައްވައިފައެވެ.
އާދަމް ނިޝާންގެ ބަސްފުޅު:
މިދަރުސްއަކީ މިއީ، އެމްޑީއެންގެ ރިޕޯޓާއި ގުޅިގެންނާއި ސެކިއުލަރ ފިކުރުގެ މައްސަލަތަކަށް އަލިއަޅުވާލައި 2017 ވަނަ އަހަރު އަޅުގަނޑު ދީފައިވާ ދަރުސެކެވެ.
އަޅުގަނޑުގެ މާސްޓަރސް ތީސިސް، (ރާއްޖޭގައި ތަކްފީރު ކުރުމުގައި ހައްދުފަހަނާޅާފައިވާ މައްސަލަ – ސަބަބުތައް، ނުރައްކާ އަދި ފަރުވާ) ލިޔަމުން ދިއައިރު އެމައްސަލައާއި ގުޅޭ ކުރީގެ ދިރާސާތައް ހޯދުމުގެ ތެރޭގައި 2016ގެ ފަހުކޮޅު ނުވަތަ 2017 ފެށުނުއިރު އެމްޑީއެންގެ "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް"ގެ ފުރަތަމަ ޢާއްމުކުރި (ސަމަރައިޒްޑް) ވާރޝަންވަނީ ފެނިފައެވެ. އެގޮތުން މިދަރުސް ދީފައިވާނީ ސީދާ މިކަންކަމުގެ މައްޗަށް އަލިއަޅުވާލައެވެ.ދަރުސްގައި މިކަމަށް އިޝާރާތްކޮށް (ފުރަތަމަ ބައިގެ، 8:20މިނެޓް އިން 10:35މިނެޓްއަށް، އަަދި 21:00މިނެޓް އިން 22:00 މިނެޓްއާއި ދެމެދު. ދެވަނަ ބައި: 00:50އިން 2:00އަށް، އަދި 20:40އިން 20:56އަށް) ވާހަކަ ދައްކާފައި ވާނެއެވެ.
Dharus ekeegai adu essevumah: Secular adhi Atheist fikuruge Haqeeqathaai Nurakkaa!
ނޯޓް: މެލޭޝިޔާއިން މާސްޓަރސް ނިންމުމަށްފަހު، ޕީއެޗްޑީ ޕްރޮގްރާމްގައި ބައިވެރިވެ، ތީސިސްގެ މައުޟޫއެއްކަމުގައި އަޅުގަނޑު ޚިޔާރުކޮށްފައިވާނީ "ރާއްޖޭގައި ލިބަރަލް އަދި ޢަލްމާނީ ފިކުރުގެ އަޘަރުތައް" މިއެވެ. އަޑުނާހާ މީހުންނަށް ނޭނގުނު ނަމަވެސް މިވާހަކަ އަޅުގަނޑުމެން ކުރިންވެސް ދެއްކީމެވެ.