"މިދިރާސާގަ ބުނެފަ މިވަނީ ދަރިވަރުން ކިޔެވުމުގެ މަރުޙަލާގަ ވެސް އިސްލާމް ދީނުގެ ކަންކަން އައިސްގެން ނުވާނެ ކަމަށް. "ޤުރްއާން" ގެ ނަންވެސް ގެނެވިގެން ނުވާނެ ކަމަށް ދޭހަވާ ގޮތަށް މިއޮތީ. ޚުޠުބާތަކުގަ ރަސޫލް (ޞޢވ)އަށް ޞަލަވާތް ކިޔެވުންވެސް މިއޮތީ ހަރުކަށި، ހައްދުފަހަނައަޅައި ދިއުން ކަމަށް. ރަސޫލް (ޞޢވ) މީހުން ކާފަރުކުރައްވާ ކަމަށްވެސް އެބައޮތް. ރަސޫލް (ޞޢވ)ގެ ސީރަތު ކިޔަވައިދޭން ނުޖެހޭނެ ކަމަށާއި އެއީވެސް ހައްދަފަހަނަޅައި ދިއުންކަމަށް މިއޮތީ. ރަސޫލް (ޞޢވ) އަށް ނިޞްބަތްކޮށް ކުޑަ ކަލާނގެއެއްކަމަށް ވެސް މިއޮތީ ސިފަކޮށްފަ."
"މިއީ ވަރަށް ނުބައި ވިސްނުމެއްގަ އިސްލާމް ދީން މުލުން ލުހެލުމަށް ކޮށްފައިވާ މަސައްކަތެއް. އިހަށްދުވަހު ހިގައި ދިއަ އަލިފާނުގެ ބޮޑު ކާރިސާއަކީ މިފަދަ ކާރިސާތަކާ އަޅާބަލާއިރު އެއްވެސް ކަމެއް ނޫން. އެއީ ފަންޑު ހުޅުވައި ފައިސާ ޖަމާކޮށްގެން އެކަމުން ލިބުނު ގެއްލުން ފޫބެއްދިދާނެ. ނަމަވެސް މިފަދަ ކަންކަމުން އަޅުގަނޑުމެންގެ އިސްލާމީ ވަންތަކަން ގެއްލިއްޖެނަމަ ލިބޭނެ ގެއްލުން މާބޮޑު. އެއީ އަކީ ކިތަންމެ ގިނަ ފައިސާ ލިބުނު ނަމަވެސް އެކަމުން ސަލާމަތްވެވޭނެ ގެއްލުމެއް ނޫން."
"އަޅުގަނޑުމެންގެ އީމާންކަން ފުރިހަމަވާނީ އަޅުގަނޑުމެންގެ އަމިއްލަ ނަފްސްތަކާ އަނބިދަރިންނަށްވުރެވެސް ބޮޑަށް ރަސޫލް (ޞޢވ) ދެކެ ލޯބިވެގެން. ވީމާ މިކަމުގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށް ބޮޑު ވޭނެއް ލިބިއްޖެ. އަޅުގަނޑުމެން މިތިބީ އެކަމުގެ ވޭނުގަ. މީގެ ކުރިން އަޑު އިވެނީ ބޭރު ޤައުމުތަކުގަ ރަސޫލް (ޞޢވ)ގެ ކާޓޫނު ކުރަކައި ފުރައްސާރަކުރާ ވާހަކަ. އެކަމުން ކުރާ ފުން އަސަރުގަ ތިބެނީ. މިއަދު މިފެނުނީ އަޅުގަނޑުމެންގެ އަމިއްލަ ޤައުމުގަ އެފަދަ ކަންކަން ކުރާތަން. އަޅުގަނޑުމެންނަށް އަސަރު ނުކުރަންވީ ކީއްވެގެންތޯ؟"
- އިސްލާމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝައިޚް އިލްޔާސް ޖަމާލް ދެއްކެވި ވާހަކަފުޅުން!
ވާހަކަފުޅުގެ އޯޑިއޯ: